އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

7 ދުވަސްވުމުން ކުއްޖާގެ ބޮލުން ބާލާ އިސްތަށިކޮޅުގެ އަގަށް ބަހަން ޖެހޭނީ ފަންސާސް ވަރަކަށް ރުފިޔާ! ޙާޞިލުވާ ފައިދާ އިންތިހާއަށް ބޮޑު!

7 ދުވަސްވުމުން ކުއްޖާގެ ބޮލުން ބާލާ އިސްތަށިކޮޅުގެ އަގަށް ބަހަން ޖެހޭނީ ފަންސާސް ވަރަކަށް ރުފިޔާ! ޙާޞިލުވާ ފައިދާ އިންތިހާއަށް ބޮޑު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ފުރަތަމަ މިބުނެދެނީ ކުއްޖާގެ ބޮލުން ބައިލާ އިސްތަށިކޮޅު ކިރައި އަގުކުރާނެ ގޮތެވެ. 

ދަރިފުޅަށް 7 ދުވަސްވުމުން ބާލާ އިސްތަށިކޮޅުގެ އަގު ރިހިން ބެލުމަށްޓަކައި ކުރަން ޖެހޭނެ ފުރަތަމަ ކަމަކީ އިސްތަށިކޮޅު ބާލައި ކިރައިލުމެވެ. ކިރައލެވޭނީވެސް ޑިޖިޓަލް ކައްޓާއަކުންނެވެ. އެއީ ބަރުދަން ލުއިވުމުން އާދައިގެ ކައްޓާއެއްގައި ނުކިރޭނެތީއެވެ.

ކިރައި ބަރުދަން ބެލުމަށްފަހު އެދުވަހު ބާޒާރުގައި ރިހީގެ އަގު ހުރި ވަރު ބަލައި އެއަދަދަށް ރުފިޔާ ބަހާނީއެވެ. 

މިސާލަކަށް އިސްތަށިކޮޅުގެ ބަރުދަނުގައި ހުރީ 5 ގްރާމް ކަމަށްވާނަމަ 5 ގްރާމް ރިހީގެ އަގަށްވާ ރުފިޔާ ބަހާނީއެވެ. 

މިސާލަކަށް މިއަދު ރިހީގެ އަގު ބައިނަލްއަޤްވާމީ ބާޒާރުގައި ހުރީ ގްރާމެއް 60 ސެންޓަށެވެ. އެހެންކަމަށްވާނަމަ 5 ގްރާމްގެ އަގަކީ 3 ޑޮލަރެވެ. ވީމާ ބޭންކުން މިއަދު 3 ޑޮލަރު ގަންނަން ލިބޭނެ އަގަކީ 46.26 ރުފިޔާއެވެ. ވީމާ ހިތްހަމަޖެހިލައިގެންހުރެ 50 ވަރަކަށް ރުފިޔާ ބަހައިލުމުން އެއޮތީ ސުންނަތް އަދާކުރެވިފައެވެ. ބޭލި އިސްތަށިން އެތިކޮޅެއް ގެއްލިފައި ވެދާނެ ކަމަށް ޝައްކު ކުރެވޭނަމަ ކޮންމެވެސް މިންވަރެއް އިތުރުކޮށްލުމުން އެކަންވެސް ފުދޭނެއެވެ. 

ސުންނަތާއި އެއްގޮތަށް ކުދިންގެ ބޯ ބޭލުމުން ވަރަށް ގިނަ ފައިދާކުރާކަމަށް އެކި ބެލެނިވެރިންގެ ކިބައިން މައުލޫމާތު ލިބެއެވެ. ޔަޤީންކުރަންވީ ސުންނަތުގައި ކުރަން ބަޔާންވެގެންވާ ކަމެއް ކުރުމުން އެކަމުގެ ފައިދާ ކުއްޖާއަށާއި މައިންބަފައިންނަށް ކުރާނެކަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް