އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެކަމެއްގައި ސާބިތުވެއްޖެނަމަ އެމީހަކަށް ހުންނާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުމާ ލޯބިވެވޮޑިގަތުން އަބަދުވެސް ލިބިލިބި!: މުފްތީ މެންކް

ދެކަމެއްގައި ސާބިތުވެއްޖެނަމަ އެމީހަކަށް ހުންނާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުމާ ލޯބިވެވޮޑިގަތުން އަބަދުވެސް ލިބިލިބި!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 41 ސިކުންތު

ކޮންމެ މީހަކާއި ވާހަކަދެއްކިނަމަވެސް ލޯތްބާއި އޯގާތެރިކަމާއިއެކު ވާހަކަދައްކާށެވެ! އެންމެންނަކީ އެމީހުންނަށް ކުރިމަތިވެފައިވާ ކަންކަމުގެ ވާހަކަ އެންމެންނަށް ހާމަކުރާނެ ބައެއް ނޫނެވެ.

ވީމާ ވާހަކަ ދެކެވޭ މީހާހުރީ ކިހައިވަރެއްގެ ކަންބޮޑުވުމެއްގައިކަމެއް ނުއެނގޭނެއެވެ. ބަސް ބުނެވޭ ރާގުންވެސް ޢިބާރާތުންވެސް އެމީހާގެ ހިތަށް ކިތަންމެ ބޮޑު އަސަރެއްވެސް ކޮށްފާނެއެވެ. 

ހަމައެއާއިއެކު ކޮންމެ މީހަކާއިމެދުވެސް ހެޔޮކޮށް ހިތާށެވެ! އޯގާތެރިވާށެވެ! އެހީތެރިވެދޭށެވެ! އަނެކާ އެހުރީ ތިބާގެ އެހީތެރިކަމަށް ކިހައި ބޮޑަކަށް ބޭނުންވެފައިކަމެއް ނުވެސް އެނގޭނެއެވެ. އެއީ އެންމެންނަކީ ކިތަންމެ ދަތިޙާލުގައި އުޅުނު ނަމަވެސް އެހީތެރިކަމަށް އެދި އަތްދިއްކުރާނެ ބައެއް ނޫނެވެ. 

މި 2 ކަންތަކުގައި ސާބިތުވެއްޖެ މީހަކަށް އެހެރުވެނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ލޯބިވެވޮޑިގަތުން ލިބިލިބިއެވެ. އިން ޝާ ﷲ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް