އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިއްޒަތްތެރި ވަޒީރަށް! - މާޒީން ވެސް ހަމަ ޢިބްރަތެއް ލިބިވަޑައިނުގަތީތޯއެވެ؟

ޢިއްޒަތްތެރި ވަޒީރަށް! - މާޒީން ވެސް ހަމަ ޢިބްރަތެއް ލިބިވަޑައިނުގަތީތޯއެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

ޢިއްޒަތްތެރި ވަޒީރުއެވެ! އަޅުގަނޑުމެން ކުޑައިރު މަނިކުފާނަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ރިޒޯޓް އޯނަރެވެ. ކަނޑާއި ވައިގެމަގުން އުދުހިވަޑައިގެންނަވްމުން ގެންދެވީ އިމެއް ނެތިއެވެ. ﷲ ތައާލާ ގެ އަމުރުފުޅުތަކަށް ގޮންޖައްސަވަމުން ގެންދެވީ އަޅުގަނޑުމެންގެ ކުރިމަތީގައެވެ. ހުރިހާ ބާރުތަކެއް އޮތްކަމަށް ބައްލަވައި ރާއްޖޭގެ ޤާނޫނުތަކަށް އެއްވެސް ބިރެއް ޖެހިލުންވުމެއް ނެތިއެވެ. 

އެހިސާބުން ﷲ ތަޢާލާ މަނިކުފާނުގެ ވަރަ ކޮށްޓަވައިލެއްވެވި ނޫންތޯއެވެ؟ ދުވަސްކޮޅެއްފަހުން ވަރައިގެ ފަތްތައް ތަންކޮޅެއް ދިގުވެލާއިރަށް ވީކުރިއަށްވުރެ ނުބައި ނޫންތޯއެވެ؟ ދެން ވީ ކިހިނަކުންތޯއެވެ؟ ﷲ ތަޢާލާ މެދުވެރިކުރެއްވެވި ޙާލަތާއިމެދު ވިސްނަވާށެވެ! 

ތެދެކެވެ! ދުނިޔޭގެ އެންމެ ބޮޑެތި ހާމުދުންނާއި މަނިކުފާނާއި ވަރަށް ގާތް ގުޅުންއޮންނަކަން ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ދަނެއެވެ. ގޭ ކުރިމަތިގައި މިސްކިތެއް ހުންނައިރުވެސް އަރައިވަޑައިނުގަންނަވާކަންވެސް ދަނެއެވެ. 

މަނިކުފާނަށް މިއަދު ވަޒީރުކަން ލިބިވަޑައިގެންފައި ހުންނެވީތީ ޙާލަތުޒުރޫރީގެދަށުން ކަމަށް ވިދާޅުވެ ނަމާދަށް ޖެއްސުން ކުރައްވަން ނުހައްދަވާށެވެ! ރައްޔިތުން ތިބީ ގައިދުރުކުރާށެވެ! އަވަހަށް ފަރާތަކަށް 3 ފޫޓު ހަމަވާގޮތަށް މިސްކިތްތަކުގައި ގޮޅި ކުރައްސަވާލައްވާށެވެ. 3 ފޫޓަށް ފުމޭ ކޮރޯނާއިން ސަލާމްތަވާނީ އެއިރުން ނޫންތޯއެވެ؟ ވީމާ ގައިކައިރި ތިއަ ކުރުވަނީވެސް ސަރުކާރުން ނޫންތޯއެވެ؟ 6 އިންޗިން ގައި ދުރުކުރީމާ 3 ފޫޓަށް ފުމޭ ކޮރޯނާ ނާރާނެ ގޮތެއް އަވަހަށް ވިދާޅުވެދެއްވާށެވެ!  

ކޮންމެވެސް ބަހަނާއެއް ދައްކައިގެން ރަމަޟާން މަސް އަންނަންވާއިރަށް މިސްކިތްތައް ތަޅުލެވޭތޯ ތިއަކުރައްވާ ހިތްވަރަށް ހަމަ އައްސަރިބަހާއި ސާބަހެވެ. މީގެ ކުރީގެ ތަޖުރިބާތަކުން ޢިބްރަތް ޙާޞިލު ކުރުމުގެ ކުޅަދާނަކަން ﷲ ތައާލާ މަނިކުފާނަށް ނުދެއްވެވި ކަމަށްޓަކައި ހިތާމަކުރަމެވެ. 

މިލިޔުން ލިޔާ މީހާގެ ހައިސިއްޔަތުން ގޮންޖަހައި ބުނަމެވެ. ރާއްޖޭގެ މިސްކިތްތަކުގައި މިހާރު މިކުރާ ގޮތަށް ގައިކައިރިކޮށްވެސް ގައިދުރުކޮށްވެސް ޖަމާއަތުގައި ނަމާދުކޮށްގެން ކޮރޯނާ ނުޖެހޭނެކަން އެޗްޕީއޭގެ ބަޔާންތަކުން ސާބިތުކޮށްދޭން މިހިރީ ތައްޔާރަށެވެ! އެނޫން ގޮތަކަށް ބަދަލުކުރަންޏާ ޖެހޭނީ ކުރިން ދެއްކި ހުރިހާ ވާހަކަތައް އެއީ ހެދި ދޮގުކަމަށް އެއްބަސްވާށެވެ! 

ވީމާ ރާއްޖޭގެ މިސްކިތްތަކުގައި ނަމާދުކުރިއަ ނުދޭން އެއްވެސް ފަރާތަކުން މަސައްކަތްނުކުރަން ތަކުރާރުކޮށް އެދެމުއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް