އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދަ ހިފުމުން ލިބެނީ ހަމައެކަނި ރޫޙާނީ ފައިދާއެއް ނޫން- ޞިއްޙީ ފައިދާތައްވެސް ވަރަށް ގިނަ: ޝައިޚް ރަޝީދު

ރޯދަ ހިފުމުން ލިބެނީ ހަމައެކަނި ރޫޙާނީ ފައިދާއެއް ނޫން- ޞިއްޙީ ފައިދާތައްވެސް ވަރަށް ގިނަ: ޝައިޚް ރަޝީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

މާތްﷲ ފަރުޟުކުރައްވަވާފައިވާ ރޯދަ ހިފުމަކީ ރޫޙާނީ ގޮތުން ވަރަށް ގިނަފައިދާތަކެއް ލިބޭ ކަމެއް ކަމަށާއި ރޯދަ ހިފުމުން ޞިއްޙީގޮތުން ވެސް ވަރަށް ގިނަ ފައިދާތަކެއް ލިބޭ ކަމަށް އިސްލާމިކް މިނިސްޓްރީގެ ނައިބް އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު ވިދާޅުވެއްޖެއެވެ.

ވިޔަފާރިވެރިންގެ މިސްކިތުގައި މިއަދުގެ ޢަޞްރު ނަމާދަށްފަހު ދީނީ ނަޞޭޙަތް ދެއްވަމުން ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު ވިދާޅުވީ އަޅުގަނޑުމެންގެ ކެއިން ބުއިމުގެ އާދަތައް ހުންނަގޮތުން ވަރަށް ގިނަ ބާވަތްތައް ހަށިގަނޑަށް ބޭނުންވާވަރަށްވުރެ އިތުރަށް ބޭނުންކުރެވޭ ކަމަށެވެ.

ޝައިޚް މުޙއްމަދު ރަޝީދު އިބްރާހީމް ރަޝީދު ވިދާޅުވީ މާތްﷲ ފަރުޟުކުރައްވަވާފައިވާ ގޮތަށް ރޯދަ ހިފުމުން ހަށިގަނޑަށް ޖަމާކުރެވިފައި ހުންނަ މިބާވަތުގެ އިތުރު ބައިތައް ނައްތާލެވި ޞިއްޙީ ގޮތުން ހަށިގަނޑަށް ދުޅަހެޔޮކަން ލިބޭ ކަމަށެވެ. ނަމަވެސް ރޯދަ ހިފަންވާނީ ޞިއްޙީ ފައިދާއަށް ބަލައިގެން ނޫން ކަމަށާއި ރޫޙާނީ ފައިދާތަކަށް އެދިގެން ކަމަށެވެ.

"އަޅުގަނޑުމެން އެދެންވާނީ ރޫޙާނީ ފައިދާއަށް. މަސައްކަތްކުރަންވީ ރޫޙާނީ ފައިދާތައް ވީހައި ގިނައިން ލިބިގަތުމަށް. ޞިއްޙީ ފައިދާއަކީ ރޯދަވެރިންނަށް އިތުރަށް މާތްﷲ ދެއްވަވާ ނިއުމަތެއް."

ރޯދަ މަހުވެސް އަދި އެނޫން މަސްތަކުގައިވެސް ނަމާދަށް ރައްކައުތެރިވުމަށް ޝައިޚް މުޙއްމަދު ރަޝީދު އިބްރާހީމް ރަޝީދު އިލްތިމާސްކުރައްވައި ވިދާޅުވީ ޤަޞްދުގައި ނަމާދު އެޅުމަކީ ކުފުރުވުން ކަމަށެވެ. އެހެން ކަމުން އަބަދުވެސް ނަމާދަށް ވަރަށް ބޮޑަށް ރައްކައުތެރިވާންޖެހޭނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް