އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަވަށްޓެރިންނަށް ކަމޭހިތުން

އަވަށްޓެރިންނަށް ކަމޭހިތުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

ތިމާގެ އަވަށްޓެރިންނަށް ހެޔޮހިތުން އަބަދަށް ކަމޭހިތަމާ!
.................... ދިމާވާ ކޮންމެ ވަގުތެއްގައި ގުޅުން އާލާކުރަން އުޅެމާ!
އަވަށްޓެރިޔާގެ ހައްގަށް އެރުމަކީ ގޯހެއް ކަމަށް ދަނެގެން
.................... އަވަށު އެންމެން އެކީ ގުޅިގެން އުޅޭނެގޮތެއް ބަލަން އުޅެމާ!
ގަދަރު ދީގެން ގަދަރު ލިބިގެން ބަދަހި ގުޅުމެއް އުފައްދައިގެން
.................... މަދަދުދީ ހެޔޮހިތުން އުޅުމީ ރަނގަޅު ކަމަކަށް ހިނގާ ހަދަމާ!
އެހީއެއް އެދި އަވަށްޓެރިއަކު އެ ދިއްކޮއްލާ އަތަށް އުފަލުން
.................... އެހީއެއް ލިބުނު މިންވަރަކުން ދެވޭތޯ ވިސްނުމަށް ބަލަމާ!
ބަލާ ވިސްނާ އުޅުއްވެވިގޮތް މުޙައްމަދު ޔާ ރަސޫލުﷲ
.................... ބަލާ ކިޔަމުން ރިވެތިގޮތްތައް ހަދީސުން ދަސްކުރަން އުޅެމާ!
އިހުގެ ދިވެހިން އުޅުނު އެކުވެރި ގޮތާމެދު ފިކުރުކޮށް ބަލަމުން
.................... އިހުގެ ފޮތްތައް ކިޔައި ބަލަމުން އުޅެން އެގޮތަށް ފަށަން އުޅެމާ!
އިތުރު ކުރުމަށްޓަކައި ހެޔޮ ރަހުމަތާ ނިޢްމަތް މި ދުނިޔޭގައި
.................... ހިތުގެ ލޯތްބާ ގަދަރު ދީގެން އަޥަށްޓެރިނަށް ކަމޭހިތަމާ!
އިލާހީ ދެއްވަވާނދޭ ވިސްނުމެއް ހެޔޮ ތިޔަ ކުދިންނަށް އަދު
.................... ފިލާވަޅުތައް ލިބޭ ދުނިޔޭން ބަލައި ދަސްކޮށް އުޅެން ފަށަމާ!

Advertisement

ކޮމެންޓް ކުރެއްވުމަށް








ފާތިމަތު ސަޢީދު، ޗަމްޕާޕޫލުމާގެ، ސ. ހިތަދޫ