އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެކްސިކޯއިން ޔޫރަޕުގެ ޗެމްޕިއަނުން މޮޅުވިޔަނުދީ ހިފަހައްޓައިފި

މެކްސިކޯއިން ޔޫރަޕުގެ ޗެމްޕިއަނުން މޮޅުވިޔަނުދީ ހިފަހައްޓައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

ރަޝިއާގައި މިހާރު ކުރިޔައްދާ ފީފާ ކޮންފެޑްރޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ޕޯޗުގަލްއާ މެކްސިކޯ ކުޅުނު މެޗު ދެ ޓީމު އެއްވަރު ވެގެން ނިމިއްޖެއެވެ.

ރޭ ރާއްޖެ ގަޑިން 8 ޖެހިއިރު ގައި ފެށި އެ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑެއްޖަހައި ލީޑު ނެގީ ޕޯޗުގަލްއިންނެވެ. އެ ޓީމުން އެ ލަނޑު ކާމިޔާބުކުރީ މެޗުގެ 35 ވަނަ މިނިޓްގައެވެ. ޕޯޗުގަލަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކުރީ ރެކާޑޯ ގުރޭޝްމާއެވެ. މި ލަނޑަކީ މެކްސިކޯގެ ޕެނަލްޓީ އޭރިއާތެރޭގައި ހުރެ ކްރިސްޓިއާނޯ ރޮނާލްޑޯ ދިން ހިއްގައިމު ޕާހަކުން ހުސްކޮށްހުރެ ކާމިޔާބުކުރި ލަނޑެކެވެ.

ފުރަތަމަ ހާފު ނިމެން ދަނިކޮށް މެކްސިކޯއިން ވަނީ ޕޯޗުގަލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ހާފް ނިމެންދަނިކޮށް 42 ވަނަ މިނިޓްގައި މެކްސިކޯއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖެވިއާ ހެނާންޑޭޒެވެ.

ދެ ވަނަ ހާފު ފަށައިގެން މޮޅަށް ކުޅެމުންދިޔަ ޕޯޗުގަލަށް އަލުން ލީޑު ނަގައިދީ އުންމީދު އައު ކޮށްދިނީ ސެޑްރިޗް އެވެ. މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް މެޗުގެ 86 ވަނަ މިނިޓްގައި އޭނާ ކާމިޔާކުރި ލަނޑާއެކު ޕޯޗުގަގަލް ކުރީގައި އޮތް ނަމަވެސް 90 ވަނަ މިނިޓްގައި މެކްސިކޯ ވަނީ ލަނޑުޖަހާ ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މި މުބާރާތުގައި ޕޯޗުގަލް ދެން ވާދަކުރާނީ މުބާރާތް ބޭއްވޭ ގައުމު ރަޝިއާއެވެ. އަދި މެކްސިކޯ ނުކުންނާނީ ނިއުޒިލޭންޑާ ދެކޮޅަށެވެ. ރަޝިއާ ޕޯޗުގަލް ވާދަކުރާ މެޗު އޮންނާނީ މިމަހުގެ 21 ވާ ބުދަ ދުވަހުގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން