އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިޔަންމާ އަސްކަރިއްޔާއަށް ދޭން ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމްތައް، ބްރިޓެން އިން ނުދޭން ނިންމައިފި

މިޔަންމާ އަސްކަރިއްޔާއަށް ދޭން ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމްތައް، ބްރިޓެން އިން ނުދޭން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

މިޔަންމާގެ ރަޚައިން ސްޓޭޓްގައި އެޤައުމުގެ ސަރުކާރާއި ބުދިސްޓުން ހިންގާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން، މިޔަންމާގެ އަސްކަރިއްޔާއަށް ހިންގާ ތަމްރީން ޕްރޮގްރާމްތައް ސަސްޕެންޑް ކުރުމަށް ބްރިޓެން އިން ނިންމައިފިއެވެ.

އިންސާނީ ޙައްޤުތަކާއި މޮނީޓަރުންނާއި މިޔަންމާ ދޫކޮށް ގޮސްފައިވާ ރޮހިންޔާ މުސްލިމުން ބުނިގޮތުގައި، މިޔަންމާ ސަރުކާރާއި އަސްކަރިއްޔާއިން ނިންމާފައި ހުރީ އެޤައުމުން ހުރިހާ މުސްލިމުން ހުސްކުރުމަށެވެ.

"ރަޚައިން ސްޓޭޓްގައި ހިނގަމުންދާ ލާއިންސާނީ ހަމަލާތަކަށް އަލިވަޅުވާލަމުންނާއި އިންސާނީ ޙައްޤުތަކަށް ދޭ އަޙައްމިއްޔަތުގެ ބޮޑުކަމުން، މިހާރު ބުރުނީސް އަސްކަރިއްޔާއިން ހިންގަމުންދާ ލާއިންސާނީ ހަމަލާތަކަށް އެދެވޭ ހައްލެއް ނުގެންނަނީސް ކުރިން ދޭން ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމްތައް ނުދީ ސަސްޕެންޑް ކުރުމަށް ނިންމައިފިން" ބްރިޓެންގެ ތަރުޖަމާނެއް ނެރެފައިވާ ބަޔާނެއްގައިވެއެވެ.

މީގެއިތުރުން އެބަޔާނުގައިވަނީ ރަޚައިން ސްޓޭޓަށް ދެމުން ގެންދާ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާ ކަމަށާއި މިޔަންމާގައި މިނިވަންކަމާއިއެކު ދިރިއުޅުގެ ފުރިހަމަ ޙައްޤު ހުރިހާ ރައްޔިތުންނަށް ވެސް ދިނުމަށް ގޮވާލާކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް







ދިވެހި ދަރި 2017-09-20 08:52:50

ބުރިޓެން އޭ..؟! މަންޖެއަށް ހަމަ އިނގިރޭސި ވިލާތޭ ލިޔަން ނޭގުނީތަ؟ ނޫނީ އިގިރޭސި ވާހިތް ހަމަ ބޮޑީތަ؟ އެހެން ވިއްޔާ މަށަށް ފެންނަނީ "މަރްޔަމް ވަޙީދާ" ގެ ބަދަލުގަ "މޭރީ" ކޮންމެވެސް އެއްޗެއް ޖަހަން..!


މަރިޔަމް ވަހީދާ