އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ޖަލުތަކުގަ ބަންގްލަދޭޝްގެ 1240 މީހުން ނެތުމަކީ މައްސަލައެއް!

ރާއްޖޭގެ ޖަލުތަކުގަ ބަންގްލަދޭޝްގެ 1240 މީހުން ނެތުމަކީ މައްސަލައެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

ރާއްޖޭގެ ޖަލުތަކުގައި ތިބިކަމަށް ވަނީ ބަންގްލަދޭޝްގެ 124 މީހުންނެވެ. ނަމަވެސް މަދުވެގެން 1240 މީހުން ނެތުމަކީ މައްސަލައެއްގެ ގޮތުގައި ގިނަ ބައަކު ފާހަގަކުރެއެވެ.

ގިނަ ބައަކު ފާއިތުވި ދިހަ އަހަރަށް ބަލައިފިނަމަ ބަންގްލަދޭޝްގެ ރައްޔިތުން ރާއްޖޭގައި ކޮށްފައިވާ ކުށްތަކަށް ބަލާއިރު އެއީ ދިވެހިން ކުރި ކުށްތަކެއް ނަމަ ޖަލުތަކުގައި ތިބި މީހުންގެ އަދަދު އަދި މާގިނަވާނެ ކަމަށެވެ.

ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރުވައިގެންނާއި ވައްކަމާއި މާރާމާރީއާއި މީހުން މެރުމާއި ޖުވާކުޅުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި މިނޫންވެސް ރާއްޖޭގެ ޤަނޫނު މަނާކުރާ ބޮޑެތި ކުށްތައް ކުރި ބަންގްލަދޭޝްގެ ރައްޔިތުންގެ އަދަދު އެތައް ހާހުން އަރާކަން ފުލުހުންގެ ބަޔާންތަކުން އެނގޭއިރު ޖަލުތަކުގައި ތިބީ އެންމެ 124 މީހުން ކަމަށްވުމަކީ ގިނަ ބައަކު ހައިރާންވާންޖެހޭ ކަމެކެވެ.

ޖަލުތަކުގައި ތިބި ބަންގްލަދޭޝްގެ ރައްޔިތުންގެ އަދަދު މިހައި މަދުވެފައިވަނީ ކުށްކުރާ ބަންގްލަދޭޝްގެ ގިނަ ބައަކު ޖަލަށް ލުމުގެ ބަދަލުގައި ރާއްޖެއިން އެމީހުންގެ ޤައުމަށް ފޮނުވާލާފައިވާތީ ކަމަށް ބެލެވެއެވެ.

އެހެން ޤައުމުތަކުގައި ވިސާނެތި އުޅުމަކީ ޖަލުގައި ބަންދުކުރާ ކުށުކެވެ. ރާއްޖޭގައި އެކަން އެގޮތަށް ކޮށްފިނަމަ ބަންގްލަދޭޝްގެ 40،000 މީހުން މިހާރުވެސް ޖަލުގައި ބަންދުކުރަންޖެހޭކަންވެސް ހިސާބުތަކުން ދައްކައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް