އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިނަދޫގައި މާރާމާރީއެއް ހިންގައިފި – 11 މީހަކު ފުލުހުން ހައްޔަރުކޮށްފި

ތިނަދޫގައި މާރާމާރީއެއް ހިންގައިފި – 11 މީހަކު ފުލުހުން ހައްޔަރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 29 ސިކުންތު

ގދ. ތިނަދޫގައި މިއަދު މާރާމާރީއެއް ހިންގައިފިއެވެ.

ފުލުހުން ބުނީ މާރާމާރީ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 12:15 އެހާކަންހާއިރު ކަމަށެވެ. އަދި 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މާރާމާރީ ހިންގާފައިވަނީ ދެ ސައިކަލެއްގައި އައި ދެބައިމީހުން ކަމަށާއި އެކަކަށް އަނިޔާވެފައިވާތީ އޭނާއަށް ފަރުވާ ދިނުމަށް ފަހު ފުލުހުންގެބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ ދެ ސައިކަލަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށާއި ސައިކަލުތައް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް