އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސްކަމުން އިސްތިއުފާ ދެއްވުމަށްފަހު ފުރަތަމަ ފަހަރަށް މުގާބޭ ޤައުމުން ބޭރަށް

ރައީސްކަމުން އިސްތިއުފާ ދެއްވުމަށްފަހު ފުރަތަމަ ފަހަރަށް މުގާބޭ ޤައުމުން ބޭރަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 35 ސިކުންތު

37 އަހަރުގެ ދިގު ވެރިކަމަކަށްފަހު ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވި ޒިމްބާބްވޭގެ ކުރީގެ ރައީސް ރޮބާޓު މުގާބޭ ބޭސްފަރުވާއަކަށް ސިންގަޕޫރަށް ވަޑައިގެންފިއެވެ.

މިއީ ރައީސްކަމުން މުގާބޭ އިސްތިއުފާދެއްވުމަށްފަހު ޤައުމުން ބޭރަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މުގާބޭ ވެރިކަމުގައި ހުންނެވި އިރުވެސް ޞިއްޙީ ފަރުވާތައް ހޯއްދެވުމަށް ވަރަށް ގިނައިން ސިންގަޕޫރަށް ދަތުރުކުރައްވާފައިވެއެވެ.

ޒިމްބާބްވޭގެ ރައީސްކަމުގެ މަޤާމުން މުގާބޭ އިސްތިއުފާދެއްވީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.

މުގާބޭ އިސްތިއުފާދެއްވުމަށްފަހު ވަގުތީ ގޮތުން އެ ޤައުމުގެ ރައީސްކަމުގެ މަޤާމަށް ވަޑައިގަތީ މުގާބޭ ވެރިކަމުގައި ހުންނެވިއިރު ނައިބު ރައީސްކަމުން ދުރުކުރެއްވި އެމާސަން ނަންގަގްވާއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް