އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިދިޔައަހަރު އާމްދަނީގެ ގޮތުގައި މީރާއަށް 15.18 ބިލިއަން ރުފިޔާ

މިދިޔައަހަރު އާމްދަނީގެ ގޮތުގައި މީރާއަށް 15.18 ބިލިއަން ރުފިޔާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 2017 ވަނަ އަހަރު ޖުމްލަ 15.18 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ. މިއީ 2016 ވަނަ އަހަރާ އަޅައިބަލާއިރު %4.5 އިތުރު އަދަދެކެވެ.އަދި މިއީ 2017 ވަނަ އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ %4.2 އިތުރު އަދަދެކެވެ. މީރާއިން މިއަދު އާންމުކުރި ތަފާސްހިސާބުގައި ވާ ގޮތުން،2016 ވަނަ އަހަރު މީރާއަށް ބަލައިގަނެފައި ވަނީ 14.52 ބިލިއަން ރުފިޔާއެވެ.

2017 ވަނަ އަހަރު މީރާއަށް ބަލައިގަތް ޖުމުލަ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ %45.1 ނުވަތަ 6.85 ބިލިއަން ރުފިޔާއެވެ. އަދި ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީ.ޕީ.ޓީ އެވެ. އެއީ .6 ނުވަތަ 2.68 ބިލިއަން ރުފިޔާއެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، 2017ޑިސެންބަރު މަހު ބަލައިގަތް ޖުމުލަ އާމްދަނީއަކީ 1.36 ބިލިއަން ރުފިޔާއެވެ. މިއީ 2016 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅައިބަލާއިރު .1އަދަދެކެވެ. އަދި މިއީ 2017ޑިސެންބަރު މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %6.8އިތުރު އަދަދެކެވެ. މީގެ މައިގަނޑު ސަބަބުތަކަކީ ޖީ.އެސް.ޓީ،ލީސް ޕީރިއަޑް އެކްސްޓެންޝަން ފީއަދި ޓޫރިޒަމް ދާއިރާގެ ޓެކްސްތަކުން ލިބިފައިވާ އަދަދު މިދިޔަ އަހަރުގެ ޑިސެންބަރު މަހަށްވުރެ އިތުރުވުމެވެ.

ޑިސެންބަރު 2017 ގައިއެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ %43.6 ނުވަތަ 593.88 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް (283.47 މިލިއަން ރުފިޔާ ނުވަތަ %20.8) އިންނެވެ. އަދިލީސް ޕީރިއަޑް އެކްސްޓެންޝަން ފީ (112.63 މިލިއަން ރުފިޔާ ނުވަތަ %8.3)އާއި،ބީ.ޕީ.ޓީ (84.79 މިލިއަން ރުފިޔާ ނުވަތަ %6.2)އާއި، ގްރީން ޓެކްސް (60.97 މިލިއަން ރުފިޔާ ނުވަތަ %4.5) އަދި އެހެނިހެން ޓެކުހާއި ފީ (226.02 މިލިއަން ރުފިޔާ ނުވަތަ .6) ހިމެނެއެވެ.

މީރާއިން ބުނެފައިވަނީ ޑިސެންބަރު 2017 ގައި މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 66.1 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭކަމަށެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު