އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވޯޓާސް ލިސްޓަށް މިހާތަނަށް ހުށަހެޅީ 19 ޝަކުވާ-އީސީ

ވޯޓާސް ލިސްޓަށް މިހާތަނަށް ހުށަހެޅީ 19 ޝަކުވާ-އީސީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓާ ގުޅޭގޮތުން މިހާތަނަށް ހުށަހަޅާފައިވަނީ އެންމެ 19 ޝަކުވާއެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ވޯޓުލުމުގެ ޙައްޤު ލިބިގެންވާ 263،000 މީހުންގެ ނަން ހިމެނޭ މިލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުއެވެ. އަދި އެފުރުސަތު މިމަހުގެ 20 ވަނަ ދުވަހާއި ހަމައަށް ހުޅުވާލައިފައިވެއެވެ.

އީސީގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވެފައިވަނީ، ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓާއި ގުޅޭގޮތުން ޝަކުވާ ހުށަހަޅާފައިވަނީ މަރުވެފައިވާ މީހުންގެ ނަމާއި 18 އަހަރު ނުފުރޭ ބައެއް މީހުންގެ ނަން އެލިސްޓުގައި އޮވެގެން ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް އެކަން ޙައްލުކޮށް އައު ލިސްޓު އެކޮމިޝަނުން އިއުލާނު ކުރާނެ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

މީގެއިތުރުން އެހެން އިންތިހާބުތަކާއި އަޅާ ބަލާއިރު މިފަހަރުގެ ލިސްޓާއިމެދު ލިބިފައިވާ ޝަކުވާތައް މަދު ކަމަށާއި އެއީ ކުރިއެރުމެއް ކަމަށް ވެސް އީސީގެ މެންބަރު އަކްރަމް ވިދާޅުވެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ