އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިޔެވުން ފަށާއިރު, ހާއްސަ ފިޔަވަޅެއްގެ ގޮތުން ދަރިވަރުން ސުކޫލަށް ދާންޖެހޭނީ 2 ދުވަހު!

ކިޔެވުން ފަށާއިރު, ހާއްސަ ފިޔަވަޅެއްގެ ގޮތުން ދަރިވަރުން ސުކޫލަށް ދާންޖެހޭނީ 2 ދުވަހު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

އާދީއްތަ ދުވަހު ސްކޫލުތަކުގެ ކިޔެވުން ފަށާއިރު, ޚާއްސަ ފިޔަވަޅުތަކެއް އަޅަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިަނީ، އަނެއްކާވެސް ރާއްޖޭގައި ކޮވިޑް ވައިރަސް ހަލުވިކަމާއެކު ފެތުރެމުން ދާތީ، ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގަމުން ދާ ކަމަަށާއި އެހެންކަމުން، 2021-2022 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށޭއިރު، މާލޭ ސްކޫލު ތަކުގެ ފުރަތަމަ ހަފްތާގެ ކިޔަވައިދިނުން ކުރިއަށް ގެންދާނީ ރައްކާތެރި ވުމުގެ ގޮތުން ހާއްސަ ކަންތައްތަކަކަށް ސަމާލުކަން ދީގެން ކަމަށެވެ.

ވަކި ސްކޫލުތަކުގެ ކިޔެވުން އިންތިޒާމު ކުރެވިފައި ވާނެގޮތް އެ ސްކޫލުތަކުން އަންގަމުން ދާނެކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ސްކޫލުގެ ހުރިހާ ހަރަކާތެއްގައި ވެސް ގައިދުރުކަން ބަހައްޓަން ޖެހޭނެ ކަމަށެވެ. މީގެއިތުރުން ކިޔަވައިދޭ ދަންފަޅި ކުރުކުރުމާއި, ކްލާސް ރޫމުގައި ދަރިވަރުން ތިބޭއިރު ތިން ފޫޓުގެ ދުރުމިނެއް ބެހެއްޓުން ހިމެނެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު