އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހައްޖުމަހު ތަކްބީރުކިޔަންޖެހޭނީ ހަމައެކަނި މިސްކިތަކު ނޫން - މަސްފެށުމާއިއެކު ތަކްބީރުކިޔުން ގިނަކުރަންވާނެ: ޝައިޚް މުޙައްމަދު ޠައްޔިބް

ހައްޖުމަހު ތަކްބީރުކިޔަންޖެހޭނީ ހަމައެކަނި މިސްކިތަކު ނޫން - މަސްފެށުމާއިއެކު ތަކްބީރުކިޔުން ގިނަކުރަންވާނެ: ޝައިޚް މުޙައްމަދު ޠައްޔިބް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

ހައްޖުމަހު ތަކްބީރުކިޔަންޖެހޭނީ ހަމައެކަނި މިސްކިތްތަކުގައި ނޫން ކަމަށާއި މަސްފެށުމާއިއެކު ތަކްބީރުކިޔުން ގިނަކުރަންވާނެ ކަމަށް އައްޝައިޚް މުޙައްމަދު ޠައްޔިބް ވިދާޅުވެއްޖެއެވެ.

ޝައިޚް ޠައްޔިބް ވިދާޅުވީ ގޭގައިވެސް ތަކްބީރުކިޔަންވާނެ ކަމަށެވެ. އަދި އެމީހަކަށް ވަގުތުވާވަރަކުން ތަކްބީރު ކިޔުން ގިނަކުރުމަކީ މަތިވެރި ޛިކުރުކުރުމެއް ކަމަށެވެ.

ޝައިޚް ޠައްޔިބް މިމޭރުމުން އިލްތިމާސްކުރައްވަވާފައިރު މިހާރުގެ ގިނަ ބައަކަށް ތަކްބީރު އަމިއްލައަށް ކިޔަންވެސް ނުއެނގޭކަން ފާހަގަކުރެވެއެވެ. މިސްކިތްތަކުގައި ތަކްބީރު ކިޔާއިރު ފަހަތުން ކިޔަންވެސް މައްސަލަތައް ހުންނަކަން ދަނީ ފާހަގަކުރެވެމުންނެވެ. މިފަދަ ބަދަލުތަކެއް އަންނަމުން މިދަނީ ސްކޫލްތަކުގައި އިސްލާމް ކިޔަވައިދެވޭ ގޮތުން ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.

އިއްޔެގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ދަރުސް ދެއްވަމުން ޝައިޚް ޠައްޔިބު ވަނީ ޙައްޖު މަހުގެ ފުރަތަަމަ 10 ދުވަހަކީ ވީހައި ގިނައިން އަޅުކަން ކުރާ ދުވަސްތަކަކަށް ހެދުމަށް އިލްތިމާސްކުރައްވަވައިފައެވެ. އެގޮތުން ކޮންމެ ނަމާދަކަށްފަހު ވެސް ކީރިތި ޤްރްއާނުން ކޮންމެވެސް ކިޔަވަން މަސައްކަތްކުރުމަށްވެސް ޝައިޚް ޠައްޔިބް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް