އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުރިހާ އެއާޕޯޓްތަކެއް ހުރިހާ އެއާލައިންތަކަށް ހުޅުވާލައި ދިވެހިންނަށް ހެޔޮ އަގުގަ އުދުހެވޭނެ ގޮތް ހަދާނަން: ފައިޞަލް

ހުރިހާ އެއާޕޯޓްތަކެއް ހުރިހާ އެއާލައިންތަކަށް ހުޅުވާލައި ދިވެހިންނަށް ހެޔޮ އަގުގަ އުދުހެވޭނެ ގޮތް ހަދާނަން: ފައިޞަލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

ހުރިހާ އެއާޕޯޓްތަކެއް ހުރިހާ އެއާލައިންތަކަށް ހުޅުވާލައި ދިވެހި ރައްޔިތުންނަށް ހެޔޮ އަގުގައި އެއާޕޯޓްތަކަށް އުދުހެވޭނެ އިންތިޒާމް ކޯލިޝަނުގެ ސަރުކާރެއްގައި ހަމަޖައްސާނެ ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ދ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ކުޑަ ހުވަދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ފައިޞަލް ވިދާޅުވީ ކުޑަހުވަދޫ އެއާޕޯޓަށް ދަތުރުކުރާ ދިވެހިން ކުރަންޖެހޭ ހޭދަ ބިދޭސީންނަށްވުރެ މާބޮޑުކަމުގެ ވާހަކަ ރައްޔިތުން ދައްކާ ކަމަށެވެ.

ފައިޞަލް ވިދާޅުވީ ގުޅިފައިވާ ކޯލިޝަނުގެ ސަރުކާރުން ފުރަތަމަ ކުރާނެ އެއްކަމަކީވެސް ރާއްޖޭގައި މިހާރު ހުރި ހުރިހާ އެއާޕޯޓްތައް ރާއްޖޭގައި އޮޕަރޭޓްކުރާ ހުރިހާ އެއާޕޯޓްތަކަށް ހުލުވާލުން ކަމަށެވެ.

ފައިޞަލް ވިދާޅުވީ ވަޑައިގަންނަވާ ކޮންމެ ރަށަކުންވެސް ރައްޔިތުން ޝަކުވާ ކުރަނީ ރައްޔިތުންނަށް ދަތިތައް ހުރުމުން ކަމަށާއި ކޯލިޝަނުގެ ސަރުކާރަކުން އިސްކަންދީގެން ރައްޔިތުންނަށް ވީހައި ލުއި ފަސޭހަ އަދި އެންމެ ހެޔޮ އަގުގައި ޚިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށެވެ.

"ޞިއްޙީ ޚިދުމަތަށް ބެލި ނަމަވެސް ތައުލީމަށް ބެލި ނަމަވެސް މަސްވެރިންނަށް ބެލި ނަމަވެސް އަދި ދަނޑުވެރިންނަށް ބެލި ނަމަވެސް ކޮންމެ ރަށަކުންވެސް އިވެމުންދަނީ ޝަކުވާ. އެޝަކުވާތައް މިދަނީ އަޑުއަހަމުން. އެ މައްސަލަތަކަށް ޙައްލު ހޯދައިދޭނަން." ފައިޞަލް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް