އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޞިއްޙީ ދާއިރާގަ ރެކޯޑްފެންވަރަށް ޚިދުމަތްތައް ތަރައްޤީކުރަމުން އަންނަ އޭޑީކޭ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ނައިބް ރައީސް ތަޢްރީފްކުރައްވައިފި

ޞިއްޙީ ދާއިރާގަ ރެކޯޑްފެންވަރަށް ޚިދުމަތްތައް ތަރައްޤީކުރަމުން އަންނަ އޭޑީކޭ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ނައިބް ރައީސް ތަޢްރީފްކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް އޭޑީކޭ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާކމަށާއި ޑޮކްޓަރުންނަށް ސްކޮލަރޝިޕްތައް ދިނުމާއި، މުވައްޒަފުން ތަމްރީން ކުރުމަށް އެހޮސްޕިޓަލުން ކުރާ މަސައްކަތްތައް ފާހަގަކުރައްވާ ކަމަށް ނައިބް ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިކަން ހާމަކުރެއްވީ ވިދާޅުވީ، އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ، "މޯލްޑިވްސް ބްރައިން އެންޑް ސްޕައިން ކޮންފަރެންސް 2022" ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. 

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމުގައި ޕްރައިވެޓް ސެކްޓަރއިން އަދާކުރާ މުހިއްމު ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ފައިޞަލް ނަސީމް ވިދާޅުވީ ޞިއްޙީ ދާއިރާއިން މީހުން ތަމްރީނުކުރުމަކީ، ޤައުމު ބިނާކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށާއި، ޞިއްޙީ ޚިދުމަތް ދޭ އަމިއްލަ ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ސަރުކާރުގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. 

ފައިޞަލް ނަސީމް ވަނީ އޭޑީކޭ ހޮސްޕިޓަލުން އަލަށް ފެށުމަށް ތައްޔާރުވަމުން އަންނަ ޚިދުމަތްތަކުގެ މައްޗަށް ބައްލަވާލައްވައި ރާއްޖޭގެ ޞިއްޙީދާއިރާ ތަރައްޤީކުރުމުގައި އޭޑީކޭ ހޮސްޕިޓަލުން ބައިވެރިވެ، ކުރަމުންދާ މަސައްކަތްތަކަށް އެހޮސްޕިޓަލްގެ މެނޭޖްމަންޓާއި ސްޓާފުންނަށް ޝުކުރު އަދާކުރައްވައިފައެވެ. 

އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ބާއްވާ، "މޯލްޑިވްސް ބްރައިން އެންޑް ސްޕައިން ކޮންފަރެންސް 2022" ކުރިޔަށްދަނީ، ސެޕްޓެމްބަރު 19 އިން 22 އަށް ކްރޮސްރޯޑްސް މޯލްޑިވުސްގައެވެ. މިއީ 2017 ވަނަ އަހަރު ފެށި މިސިލްސިލާގެ 4 ވަނަ ކޮންފަރެންސެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު