އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަލާމަތްކަން ލިބޭނީ ތައުބާވުމުން، އިބިލީހުގެ މަގަށް ގެންދަން ކުރާ މަސައްކަތްތަކަށް ސާބިތު ކަމާއެކު ނޫނެކޭ ބުނި މީހާއަށް: މުފްތީ މެންކް

ސަލާމަތްކަން ލިބޭނީ ތައުބާވުމުން، އިބިލީހުގެ މަގަށް ގެންދަން ކުރާ މަސައްކަތްތަކަށް ސާބިތު ކަމާއެކު ނޫނެކޭ ބުނި މީހާއަށް: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

"ތިބާގެ މާޒީ އައިސް ތިބާގެ ދޮރުގައި ޓަކިތަޅާނެއެވެ. އެކަމަށް ސަމާލުކަން ނުދޭށެވެ. ތިބާ ކުރިން ހިނގި މަގުން އަލުން ހިނގުވަން ކުރެވުނުހައި މަސައްކަތެއް އިބިލީސް ކުރާނެއެވެ. އެމަގުން ހިނގުމަށް ތިބާ ދަހިވެތި ކުރުވަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެއެވެ. ހަމަ ހިލާ އިޖާބަ ނުދޭށެވެ!

ޔަޤީން ކުރާށެވެ! ތިބާގެ މާޒީއަކީ މިހާރު ހަމަ މާޒީއެވެ. މާޒީގެ ދުވަސްތައް ވަނީ މާޒީވެ ނިމިފައެވެ. ﷲ ތަޢާލާ ވަނީ ތިބާގެ ފާފަތައް ފުއްސަވައިދެއްވައިފައެވެ. މިއީ އެ މަގުގައި ކުރިއަށްދާންވީ ވަގުތެވެ. އެ މަގުގައި ކުރިއަށް ދިއުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ގަދަ އަޅައި މަސައްކަތް ކުރަންވީ ވަގުތެވެ.": މުފްތީ މެންކް

އިބިލީސް އަބަދުވެސް ހުންނާނީ ހަމަ ފާރައަށެވެ. ކޮންމެ މީހެއްގެ އަމަލުތަކަށްވެސް ބަލަބަލައެވެ. އެކަމުން ސަލާމަތްވެ ހުރެވޭނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. އެންމެ މީހަކު ނަމަވެސް ތައުބާވެ އަމަލުތައް އިޞްލާޙުކޮށްފިނަމަ ތެޅި ފޮޅެމުން ދުވެ އަންނާނެއެވެ. އައިސް އަލުން އިބީލިހުގެ މަގަށް ގެންދަން ކުރެވުނުހައި މަސައްކަތެއް ކުރާނެއެވެ! ފާޑުފާޑުގެ ހުވަފެންތައް ދައްކުވާނެއެވެ.

ރަނގަޅަށް ވިސްނާށެވެ! އިބިލީސް އެންމެ ދެރަވާ ވަގުތަކީ މީހަކު ތައުބާވާ ވަގުތެވެ. އިބިލީހުގެ މަގު ދޫކޮށް ﷲ ތަޢާލާގެ މަގަށް ރުޖޫޢަވާ ވަގުތުއެވެ. ހަމަ އެންމެ މީހަކު ނަމަވެސް ތައުބާ ވެއްޖެނަމަ އެމީހަކަށް އިތުރަށް ސަމާލުކަންދޭނެ އެވެ. އެމީހަކު މަގު ފުރައްދަން ކުރެވެން ހުރި ކަންކަން އިތުރަށް ދިރާސާކުރާނެއެވެ. އެއް ކަމަކުން ފޭލްވެއްޖެނަމަ އިތުރު ކަމެއް ކުރާނެއެވެ. މީހާ މަރުވަނދެން ވެސް ހަމަ އެ ގޮތުގައި ތަފާތު ގޮތްގޮތަށް މަސައްކަތް ކޮށްކޮށް ހުންނާނެއެވެ.

މިކަންކަމަކީ ކީރިތި ޤްރްއާނާއި ޙަދީޘްފުޅުތަކުން އެނގެން ހުރި ކަންކަމެވެ. ވީމާ ސަލާމަތްކަން އެދޭ މީހާއަށް އޮތީ ފިސާރި ސާބިތު ކަމާއިއެކު ކުރިމަތިލުމެވެ. ޚާއްޞަކޮށް ތައުބާވުމަށްފަހު ފުރިހަމައަށް ތަޤްވާވެރި ވެވެންދެން ސާބިތުކަން އިތުރުކުރަން ގަދައަޅައި އިތުރަށް މަސައްކަތް ކުރަންވާނެއެވެ. އަދި އެއީ އެއްވެސް އިރެއްގައި އިހުމާލުވެވެން އޮތްކަމެއް ނޫނެވެ.

އިތުރު މާތް ނަބިއްޔާ (ޞޢވ) ވަނީ އެކަމަށް ގަދައަޅުއްވައި މަސައްކަތްޕުޅު ކުރައްވަވައިފައެވެ. ސާބިތުކަން ދެއްވެވުން އެދިވަޑައިގެން ދުވާލަކު އެތައް ސަތޭކަ ފަހަރަކު ވަނީ ދުޢާ ކުރައްވަވައިފައެވެ. އަހަރެމެން އެކަމަށް މަސައްކަތް ކުރަންޖެހޭނެ މިންވަރު ޚިޔާލަށް ގެންނާށެވެ!

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް