އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރެވޭ ކުށުން ރެކެން އެހެން މީހުންގެ ބޮލުގަ ނާޅުވާށެވެ! ފާފަކުރުމަށްފަހު އެހެން މީހެއްގެ ބޮލުގަ އެކަން އެޅުވުމަކީ ސުވަރުގެ ގެއްލިދާނެ، ބޮޑުވެގެންވާ ފާފައެކެވެ!: މުފްތީ މެންކް

ކުރެވޭ ކުށުން ރެކެން އެހެން މީހުންގެ ބޮލުގަ ނާޅުވާށެވެ! ފާފަކުރުމަށްފަހު އެހެން މީހެއްގެ ބޮލުގަ އެކަން އެޅުވުމަކީ ސުވަރުގެ ގެއްލިދާނެ، ބޮޑުވެގެންވާ ފާފައެކެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު

ފާފައެއް ކުރުމަށްފަހު އެހެން މީހެއްގެ ބޮލުގައި ފާފަކުރިކަން އެޅުވުމަކީ ސުވަރުގެ ގެއްލިދާނެ ފަދަ ކަމެކެވެ. އެއީ ނުބައިކަން ބޮޑުވެގެންވާ ފާފައެކެވެ. ނިސާ ސޫރަތުގެ 112 ވަނަ ޢާޔަތް ބަލާށެވެ. "އަދި، ކުށެއް ނުވަތަ ފާފައެއްކޮށް (އެކަމުގެ) ކުށެއްނެތް މީހެއްގައި އެކަން އަޅުވާ މީހާ (ދަންނާށެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ދޮގަކާއި، ފާޅުވެގެންވާ ފާފައެއް އުފުލައިފިކަން ކަށަވަރެވެ."

މީސްތަކުންނޭވެ! ކޮންމެ މީހަކަށްވެސް ފާފައެއް ކުރެވިދާނެއެވެ! ފާފައެއް ކުރެވިއްޖެ ނަމަ އަވަހަށް ތައުބާވާށެވެ! އެކަމުގެ ޒިންމާ މިދުނިޔޭގައިވެސް އުފުލާށެވެ! ތެދުބަހުން ބުނެ ކުށަށް އިއްތިރާފްވާށެވެ! ހަމަ އެއާއެކު ފާފަ ނުކުރާ މީހުންގެ ބޮލުގައި އިލްޒާމްތައް އަޅުވައި ނުހަދާށެވެ! ތިމާއަށް ޔަޤީން ނުވާ ކަންކަމުގެ ވާހަކަ ނުދައްކާށެވެ! ދައކާނެ ވާހަކައެއް ނެތިއްޖެ ނަމަ ހަނު ހުންނާށެވެ! ކޮންމެހެން ވާހަކައެއް ދައްކަން ވެއްޖެ ނަމަ ތިމާއަށް ފައިދާހުރި ކަމެއްގެ ވާހަކަ ނޫނީ ނުދައްކާށެވެ.

ތިމާއަށް ފައިދާހުރި ކަމެކެވެ މިބުނަނީ މިދުނިޔޭގައި ފައިދާކުރާނެ ކަންކަމުގެ ވާހަކައެއް ނޫނެވެ. އާޚިރަތް ދުވަހު ފައިދާކުރާނެ ކަންކަމުގެ ވާހަކައެވެ. އެވާހަކައެއް ދެއްކުމުން ތިމާއަށް ސަވާބު ދެއްވަވާނެ ވާހަކައެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ތިމާގެ ދަރަޖަ އުފުލި މަތިވެރިވެގެންދާނެ ވާހަކައަށެވެ.

ނަރަކައިން ސަލާށމަތްވުމަށް އެދޭ މީހާ އަނގަ ބަންދުކޮށްގެން ހުންނަން، ބޭކާރު ވާހަކަތައް ނުދައްކަން ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައި އެވަނީ މި ސަބަބަށްޓަކައެވެ. ނިކަން ބުނެބަލާށެވެ! މިއަދު ސޯޝަލް މީޑިއާގައި ދުވާލު އަމިއްލައަށް ބުނެވޭ ބަސްތަކުގެ ސަބަބުން ރޭގަނޑު ހިތާމަކުރަން ޖެހެނީ ކިތައް މީހުންނަށް ހެއްޔެވެ؟ އެއިރު އޮންނަނީ ވާނެ ހުރިހާ ކަމެއް ވެ ނިމިފައެވެ. ލިބޭނެ ހުރިހާ ގެއްލުމެއް ލިބި ނިމިފައެވެ.

ނިކަން ވިސްނައިލަބަލާށެވެ! އެއް ގޭގައި އެކީ އުޅެމުން ތިމާއަށް ކުރެވޭ ކުދިކުދި ކަންކަން ބޮލުން ނައްޓާލައި އަޚާގެ ނުވަތަ އުޚުތާގެ ބޮލުގައި އެބަ އަޅުވަމުއެވެ. މިހުންނަނީ އާދައިގެ ކަންކަން ކަމުގައި ދެކޭ މީހުން މިއަދު މަދެއް ނޫނެވެ! އެއީ އެއްވެސް ކަމެއް ނޫން ކަމަށް މިއަދު ޤަބޫލުކުރެވުނު ނަމަވެސް އާޚީރަތް ދުވަހު އެކަންކަންވެސް އެމީހަކާއި ބައްދަލުކުރަނީ މީހަކަސް ކުރި ބޮޑެތި އަނިޔާގެ ގޮތުގައެވެ. ފާފައިގެ ގޮތުގައެވެ. ވީމާ ވިސްނުންތެރިވާށެވެ! އާޚިރަތް ދުވަހަށް ބިރުވެތިވާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް