އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަކުނުދޫ އިން ކާޑާއި ގޭސް ހުސްވީ ގެނައި ސްޓޮކް މަދުކަމުން- ކައުންސިލް ރައީސް

މަކުނުދޫ އިން ކާޑާއި ގޭސް ހުސްވީ ގެނައި ސްޓޮކް މަދުކަމުން- ކައުންސިލް ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ހދ. މަކުނުދޫ އިން ކާޑާއި ގޭސް ހުސްވިތާ ގާތްގަނޑަކަށް ދެހަފްތާ ވެއްޖެއެވެ.

މަކުނުދޫ ކައުންސިލް ގެ ރައީސް މުޙައްމަދު ޝާކިރު "މިއަދުނޫހަށް" މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މަކުނުދޫ އިން ކާޑާއި ގޭސް ލިބުން ދަތިވެ، އެއްކޮށް ހުސްވީ ރޯދައިގެ ކުރިން ގެނައި ސްޓޮކް މަދުކަމުން ކަމަށެވެ.

"ރަށުގެ ބައެއް ވިޔަފާރިވެރިން ނަގައިގެން އުޅެނީ އެސްޓީއޯ އިން އޭޖެންޓުކަން. ރޯދަ މަސް ފެށުމުގެ ދެތިން ދުވަސް ކުރިން ގެނައި ސްޓޮކެއް. ނަމަވެސް އެކަށީގެންވާ ސްޓޮކެއް ނުގެނައުމުގެ ސަބަބުން ސްޓޮކް ގެނައިތާ ހަތަރު ވަރަކަށް ފަސް ވަރަކަށް ދުވަސް ތެރޭގައި ހުސްވެއްޖެ." ކައުންސިލް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލް ރައީސް ވިދާޅުވީ ކާޑާއި ގޭސް ހުސްވުމުން ކުރިން މެނޭޖް ކުރީ ކުޅުދުއްފުށި ފަދަ ކައިރި ރަށްތަކުން އެތަކެތި ގެނެސްގެން ކަމަށާއި ފެރީ ރޫޓުން ވެސް ބައެއް ތަކެތި ގެނައި ކަމަށެވެ. ނަމަވެސް ފެރީ އިން އެތަކެތި ގެނައުމުގެ ދަތިތަކަކާއި ކުރިމަތިވާތީ މިހާރު ހަމަ އެއްކޮށް ހުސްވެފައިވާ ކަމަށް ވެސް ޝާކިރު މަޢުލޫމާތު ދެއްވިއެވެ.

މަކުނުދޫއަށް އިޤްތިސާދީ ގޮތުން ދިމާވެފައިވާ ދަތިކަމަށް ދާއިމީ ހައްލެއް ހޯދާ ދިނުމަށްޓަކައި އެސްޓީއޯ އިން ވަނީ އެރަށުގައި ގުދަނެއް ތައްޔާރުކޮށްފަވެއެވެ.

"މިހާރު ގުދަން އެއްކޮށް ތައްޔާރުވެފައި ވަނީ. އަޅުގަނޑުމެން ހުރިހާ ރައްޔިތުން ވެސް އެދެނީ ވީހާވެސް އަވަހަށް އެސްޓީއޯ އިން އެގުދަނުގެ ޚިދުމަތް ފޯރުކޮށްދީގެން އަޅުގަނޑުމެންގެ މިދަތިކަން ފިލުވާލަ ދޭން." ކައުންސިލްގެ ރައީސް މުޙައްމަދު ޝާކިރު ވިދާޅުވިއެވެ.

އެސްޓީއޯ އިން އެގުދަނުގެ ޚިދުމަތް ވީހާވެސް އަވަހަށް ފޯރުކޮށްދިނުމަށް އެދި ސިޓީ އެއްވެސް މިހާރު ލާފައިވާނެ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

އާބާދީގައި މިއަހަރުގެޖެނުއަރީ އާއި ހަމައަށް 1735 ރައްޔިތުން ރެޖިސްޓަރ ކޮށްފައިވާ ހދ. މަކުނުދޫ އަކީ ޖިއޮގްރަފީ ގޮތުން އެހެން ރަށްތަކާއި އެކަހެރިކޮށް އަދި އިޤްތިސާދީ ގޮތުންވެސް ދުރުގައި އޮންނަ ރަށެކެވެ. އެހެންކަމުން ކާޑާއި ގޭސްފަދަ ތަކެތި އެރަށުން ފަސޭހައިން ލިބުމުގެ ދަތިކަން ހުންނާތީ، ރަށާއި މެދު ހަމްދަރްދީވެ ވީހާވެސް ގިނަ ފަރާތްތަކުން އެރަށުގެ ރައްޔިތުންނަށް އެހީތެރިވެ ދިނުމަށް، އެރަށުގެ ރައްޔިތުން އެދެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ