އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަންކަރިން ޕްރޮޖެކްޓާއެކު ދައުލަތަށް ލިބޭ ޓެކްސް އާމްދަނީ އިތުރުވެ، ބޭރު ފައިސާގެ ރިޒާވް އިތުރުކުރެވޭނެ: ޝިމާދް

ބަންކަރިން ޕްރޮޖެކްޓާއެކު ދައުލަތަށް ލިބޭ ޓެކްސް އާމްދަނީ އިތުރުވެ، ބޭރު ފައިސާގެ ރިޒާވް އިތުރުކުރެވޭނެ: ޝިމާދް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު

އިހަވަންދިއްޕޮޅު ބަންކަރިން ޕްރޮޖެކްޓާއެކު ދައުލަތަށް ލިބޭ ޓެކްސް އާމްދަނީ އިތުރުވެ، ބޭރު ފައިސާގެ ރިޒާވް އިތުރުކުރެވޭނެ ކަމަށް އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޝިމާދް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޝިމާދު މިހެން ވިދާޅުވީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓްގެ ދަށުން ބައިނަލްއަގުވާމީ ބަންކަރިން ފެސިލިޓީއެއް ފެށުމުގެގޮތުން އެސްޓީއޯއާއި މަލްޓިނޭޝަނަލް އެނަރޖީ އެންޑް ކޮމިޑިޓީ ޓްރޭޑިން ކޮންޕެނީ، ވިޓޯލް ގުރޫޕާއި ދެމެދު ޓާރމް ޝީޓްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ޝިމާދު ވިދާޅުވީ، އިހަވަންދިއްޕޮޅު ބަންކަރިން ޕްރޮޖެކްޓާއެކު އެސްޓީއޯގެ އާމްދަނީ އިތުރުކޮށް ފައިދާ އިތުރުކުރުމަށް ފަހި ފުރުސަތަކަށް ވާނެ ކަމަށާއި މި ޕްރޮޖެކްޓުގެ ދަށުން ދައުލަތަށް ލިބޭ ޓެކްސް އާމްދަނީ އިތުރުވެ، ބޭރު ފައިސާގެ ރިޒާވް އިތުރުކުރެވޭނެ ކަމަށެވެ. އަދި މި ޕްރޮޖެކްޓުގެ ދަށުން ގިނަ ވަޒީފާގެ ފުރުސަތުތަކެއް އިތުރު ވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިޓޯލްގެ ޑިރެކްޓަރު ޖޭ އެންގް ވިދާޅުވީ އެސްޓީއޯ އަކީ ވިޓޯލްއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ކުންފުންޏެއް ކަމަށާއި މި ފަދަ ބޮޑު ޕްރޮޖެކްޓަކީ ދެ ކުންފުނި ގުޅިގެން ހިންގަން އެންމެ ރަނގަޅު ޕްރޮޖެކްޓު ކަމަށެވެ. އަދި އެއީ ކަސްޓަމަރުންގެ ބޮޑު އިތުބާރެއް ހޯދާފައިވާ ކުންފުންޏަކަށް ވުމުން މި ޕްރޮޖެކްޓުގައި ބޭނުންވާ ޓެކްނިކަލް އަދި ލޮޖިސްޓިކަލް އެހީ ވެސް ދޭނެ ކަމަށް ވިދާޅުވި އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު