އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ އެމްޕީ އަރީފް ޕާސްޕޯޓު ހިފަހައްޓައިފި

މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ އެމްޕީ އަރީފް ޕާސްޕޯޓު ހިފަހައްޓައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ފިލައިގެން ސްރީލަންކާއަށް ވަޑައިގަންނަވަން އުޅޭ ކަމަށް ބުނެއެވެ.

އެ ކޯޓުންރޭ ނެރުނު އަމުރުގައި ބުނެފައިވަނީ އަރީފުގެ މައްޗަށް ކުރާތުހުމަތަކީ ޖުލައި 31 ވަނަދުވަހު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްހަރަކާތްތެރިވި ސިފައިންގެ ޤާނޫނީ ވާޖިބަށް ހުރަސް އަޅާފައިވާތީއެވެ. އަދި ސިފައިންނާ މެދު މަޖިލިސް މެމްބަރުން މާރާމާރީ ހިންގިމައްސަލައިގައިވެސް ތުހުމަތު ކުރެވޭ ކަމަށެވެ.

އެމައްސަލަތައްތަހުގީގު ކުރަމުން ދަނިކޮށް އަރީފު ފުރައިގެން ގޮސްފިނަމަ ތަހުގީގަށްހުރަސް އެޅިދާނެ ކަމަށާއި އަރީފުފިލައިގެން ސްރީލަންކާއަށް ވަޑައިގަންނަވަން އުޅޭ ކަން ފުލުހުންގެއިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށްވެސް ކޯޓުގެ އަމުރުގައިވެއެވެ.

އެ އަމުރާ އެކު އަރީފު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ އެއްވެސް ތާކަށް ފިލައިގެން ދާން ނޫޅޭ ކަމަށެވެ.

އަރީފުގެއިތުރުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަޚްލޫފުގެމައްޗަށްވެސް އެ ތުހުމަތުތައްކޮށް ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް