އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"އަށް ވަނަ ދިވެހި ފިލްމު އެވޯޑްސް" ގެ ޓައިޓްލް ސްޕޮންސަރަކީ ދިރާގު

"އަށް ވަނަ ދިވެހި ފިލްމު އެވޯޑްސް" ގެ ޓައިޓްލް ސްޕޮންސަރަކީ ދިރާގު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ "8 ވަނަ ދިވެހި ފިލްމު އެވޯޑްސް" ގެ ޓައިޓްލް ސްޕޮންސަރ ގެ ގޮތުގައި ދިރާގު ހަމަޖައްސާ، އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ޔޫތު މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތުގައި، އެމިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވޫ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް އެވެ. އަދި ދިރާގުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ކަސްޓަމަރ ސަރވިސަސް އެންޑް ސޭލްސްގެ ޑިރެކްޓަރ އަދި އެކްޓިންގ ސީއީއޯ އަލީ ރިޔާޒް އެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު މިނިސްޓަރ އިރުތިޝާމް ވިދާޅުވީ ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކެމުން އަންނަ "ދިވެހި ފިލްމު އެވޯޑްސް ގެ ޓައިޓަލް ސްޕޮންސާއެއްގެ ގޮތުގައި ދިރާގު ފަދަ ބޮޑު ކުންފުންޏެއް ހަމަޖެހިގެން ދިޔުމަކީ ފިލްމީ ދާއިރާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ދިރާގުގެ ލޯގޯ ބޭނުން ކޮށްގެން ދިވެހި ފިލްމު އެވޯޑު ޕްރޮމޯޓް ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރަސްމިއްޔާތު ގައި ވާހަަކަ ދައްކަވަމުން އަލީ ރިޔާޒު ވިދާޅުވީ ދިރާގުން އާޓްސްގެ ދާއިރާއަށް އަބަދުވެސް ވަރަށް މުހިންމު ކަމެއް ދޭ ކަމަށާއި ޚާއްސަކޮށް ލަވަކިޔުންތެރިންނާއި މިއުޒީޝަނުންގެ އިތުރުން ލަވަޔާއި ގުޅުންހުރި ޓީވީ ޕްރޮގްރާމްތަކަށް ވެސް ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަމަށެވެ.

މިއަހަރުގެ ދިވެހި ފިލްމު އެވޯޑްސް ގައި ކުރު ހަތް ފިލްމާއި 17 ފީޗަރ ފިލްމު ހުށަހަޅާފައިވެއެވެ. މިއަހަރު ބައިވެރި ކޮށްފައިވާ ފިލްމުތަކަށް ޖަޖް ކޮށް ނިމިފައިވާ ކަމަށާއި އަށް ވަނަ ދިވެހި ފިލްމު އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ކަމަށް އެންސީއޭ އިން މައުލޫމާތު ދީފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ