އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮޕީ ފިލްމެއް ކަމުގައިވިޔަސް އެންމެ މޮޅު ފިލްމަކަށް ހޮވުނީ "ވާށޭ މަށާ އެކީ"

ކޮޕީ ފިލްމެއް ކަމުގައިވިޔަސް އެންމެ މޮޅު ފިލްމަކަށް ހޮވުނީ "ވާށޭ މަށާ އެކީ"


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

"ދިވެހި ފިލްމު އެވާރޑްސް 8" ގެ ނޮމިނޭޝަން ލިސްޓު އާންމު ކުރި ދުވަހުން ފެށިގެން، ގިނަ ތަރިންނާއި ބެލުންތެރިންގެ ފަރާތުން ވަނީ މިއަހަރުގެ ބައެއް ނޮމިނޭޝަންތަކަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

އެގޮތުން އެންމެ މޮޅު އެކްޓްރެސް ގެ ކެޓަގަރީގައި ފާތިމަތު ނަހުލާ އާއި އަޙުމަދު ޝިނާން ގެ މާސްޓާޕީސް ފިލްމު ކަމުގައިވާ ފިލްމު 4426 ގައި ހަރަކާތްތެރިވި ހުނަރުވެރި ދެ އެކްޓްރެސުން، މަރިޔަމް އައްޒަ އާއި ޝީލާ ނަޖީބު، ނުހިމެނުން ފާހަގަ ކޮށްލެވެއެވެ. އޭގެ އިތުރުން އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭ އަކަށް ޑާކްރެއިން އެންޓަރޓެއިންމެންޓް ގެ ފިލްމު "ވާށޭ މަށާ އެކީ" ނޮމިނޭޓްވުން ހިމެނެއެވެ.

އެކެޓަގަރީގައި މިފިލްމު ނޮމިނޭޓްވުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވަނީ، މިފިލްމަކީ އޮރިޖިނަލް ވާހަކައެއްގެ މައްޗަށް ބިނާ ކޮށްފައިވާ ފިލްމަކަށް ނުވެފައި އެއީ ހޮލީވުޑްގެ ފިލްމު "9 މަންތްސް" ގެ ކޮޕީއަކަށްވުމުންނެވެ.

އެންމެ މޮޅު ސްކްރީންޕްލޭގެ އެވާރޑް އެފިލްމަށް ނުލިބި، ޑާކް ރެއިން އެންޓަރޓެއިންމެންޓްގެ އެހެން އުފެއްދުމެއް ކަމަށްވާ "ހުޅުދާން" އަށް ލިބުން ކަމުގައި ވިޔަސް، މުޅި ޚަފްލާގެ އެންމެ ޝަރަފުވެރި އެއް އެވާރޑްކަމުގައިވާ އެންމެ މޮޅު ފިލްމުގެ އެވާރޑް "ވާށޭ މަށާ އެކީ" އިން ވަނީ ޙާސިލް ކޮށްފައެވެ.

އެންމެ މޮޅު ފިލްމު ކަމުގައި "ވާށޭ މަށާ އެކީ" ހޮވުނީ ކީއްވެކަމާއިމެދު ގިނަ ބަޔަކު ސުވާލު ކޮށްފައިވާއިރު، ބައެއް މީހުން ބުނީ އެފިލްމަށް އެއެވާރޑު ދިނީ "އެހެން ހުރިހާ ގޮތްތަކަށް ބަލާފައި ކަމަށް ވެސް ވެދާނެ" ކަމަށެވެ. މިސާލަކަށް ބުނާނަމަ، ފިލްމަކީ ކޮޕީއެއް ކަމުގައިވިޔަސް އެކްޓަރުން ދައްކުވައިދީފައިވާ ހުނަރުވެރި މޮޅު އެކްޓިންގ ހިމެނެއެވެ.

ޑާކް ރެއިން އެންޓަރޓެއިންމެންޓް ގެ "ވާށޭ މަށާ އެކީ" ޓީމަށް އެންމެ މޮޅު ފިލްމު ކަމުގެ ޝަރަފުވެރި އެވާރޑް ހަވާލު ކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ