އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކާނަލް ނަޒީމް އަނެއްކާ ވެސް ގޭބަންދަށް ބަދަލުކޮށްފި

ކާނަލް ނަޒީމް އަނެއްކާ ވެސް ގޭބަންދަށް ބަދަލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 42 ސިކުންތު

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް މިއަދު ހަވީރު ގޭބަންދަށް ބަދަލުކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ނާޒިމް ގޭބަންދަށް ބަދަލުކުރީ މާފުށީ ޖަލުގައި ނާޒިމް ހުންނެވި ބައިގެ މަރާމާތެއްކުރަން ޖެހިފައިވާތީ ކަމަށެވެ. އަދި އެއީ ވަކި މުއްދަތަކަށް ނޫންކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

11 އަހަރުގެ ޖަލު ހުކުމެއް ތަންފީކުރަމުން އަންނަ ނާޒިމް މީގެ ކުރިން ވެސް ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ. އެ ފަހަރު އަހަރެއްހާ ދުވަހު ގޭ ބަންދުގައި ހުރުމަށްފަހު ނާޒިމް އަނބުރާ ޖަލަށް ބަދަލުކުރީ މި އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

ކާނަލް ނާޒިމް ދިރިއުޅުއްވާ ކޮޓަރިކޮޅުން ފިސްތޯލައެއް ފެނުން މައްސަލައެއްގައި އޭނާގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2015 ވަނަ އަހަރުއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް