އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަރެކްޝަނުން ދަނީ އާއިލާގެ ހުއްދައާ ނުލައި ގަދަކަމުން ނާޒިމްގެ އޮޕަރޭޝަން ކުރުމަށް ތައްޔާރުވަމުން: އާއިލާ

ކަރެކްޝަނުން ދަނީ އާއިލާގެ ހުއްދައާ ނުލައި ގަދަކަމުން ނާޒިމްގެ އޮޕަރޭޝަން ކުރުމަށް ތައްޔާރުވަމުން: އާއިލާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

11 އަހަރުގެ ޖަލު ތަންފީޒު ކުރައްވަމުން އަންނަ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އޮޕަރޭޝަނެއް ކަރެކްޝަނަލް ސާވިސް އިން ދަނީ އާއިލާގެ ހުއްދައާ ނުލައި ގަދަކަމުން ކުރުމަށް ތައްޔާރުވަމުންކަމަށް ނާޒިމްގެ އާއިލާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮއްކޮ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް ބަންދުގައި ހުންނަވާތާ ތިން އަހަރާއި ހަ މަސް ފުރުން ފާހަގަކުރުމުގެގޮތުން، މ. ކުނޫޒުގައި ނާޒިމްގެ އާއިލާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮއްކޮ އާދަމް އާޒިމް ވިދާޅުވީ، ކަރެކްޝަނަލް ސާވިސް އިން ދަނީ، އާއިލާގެ ހުއްދައާ ނުލައި، ގަދަކަމުން ނާޒިމްގެ އޮޕަރޭޝަން ކުރުމަށް ތައްޔާރުވަމުންކަމަށާއި އެކަމަކު ފުރާނަ ނެތް މަސްގަނޑެއް އަނެއްކާ ވެސް ޖަލުން ނެރެން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، ނާޒިމްގެ އޮޕަރޭޝަން ވަރަށް މުހިއްމު ކަމަށާއި އެކަމަކު އެކަން ކުރަން އާއިލާއިން ބޭނުންވަނީ ޑޮކްޓަރުން އެދޭ ގޮތަށް ކަމަށެވެ. އަދި އެ ނޫން ގޮތަކަށް ކޮށްފިނަމަ، ބޭބެގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށެވެ.

މިބައްދަލުވުމުގައި ނާޒިމްގެ އަނބިކަނބަލުން އަފާފް އަބްދުލްމަޖީދު ވިދާޅުވީ އެ މީހުން ބޭނުން ވަނީ އޮޕަރޭޝަން ކުރުމަށް ފަހު ވަގުތުން ޖަލަށް ގެންދަން ކަމަށާއި އެކަމަކު އެގޮތަށް އަޅުގަނޑުމެން ބޭނުން ނުވާތީ އޮޕަރޭޝަން ކުރުމަށް ހުއްދަ ނުދެވިގެން މިއުޅެނީކަމަށެވެ. އަދި އޮޕަރޭޝަނަށް ފަހު ނާޒިމް ހުންނަވަން ޖެހޭނީ އެކަށީގެންވާ މާހައުލެއްގައި ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށާއި ޖަލުގެ މާހައުލަކީ، ބޮޑު އޮޕަރޭޝަނަކަށް ފަހު މީހަކު ބާއްވަން އެކަށީގެންވާ މާހައުލެއް ނޫން ކަމަށް އަފާފް ވިދާޅުވިއެވެ.

އާޒިމް އާއި ވަކީލުން މިއަދު ވަނީ ކާނަލް ނާޒިމްގެ މައްސަލައިގައި ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކުން އަމަލުކުރަނީ އިންސާފުން ބޭރުންކަން ބަޔާން ކުރުމަށް ވަރަށް ގިނަ ސަބަބުތައް ހާމަކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު