އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުނާމީ ކާރިސާ- ކްރިސްމަސް ކޯފާއެއް ނޫންތޯ؟

ސުނާމީ ކާރިސާ- ކްރިސްމަސް ކޯފާއެއް ނޫންތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 26 ސިކުންތު

ސުނާމީ ކާރިސާ ރާއްޖެއަށް ކުރިމަތިވީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. ނަމަވެސް ބިން ހެލުން އައިސް ރާޅު އުފެދުނީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭގެ މެންދަމުގެ ވަގުތެއްގައެވެ. ބެލެވޭ ގޮތުން އެ ރޭގެ 00:58 ގައެވެ.

24 ވަނަ ދުވަހުގެ ރެއިން ފެށިގެން ފާހަގަކުރަމުން ދިއަ ކްރިސްމަސްގެ ހަރަކާތްތައް އެއިރުވެސް ކުރިއަށް ދަނިކޮށެވެ. އެކަމުގައި ބައިވެރިވި އެންމެން މަސްތީ ހާލުގައި ތިއްބައެވެ.

ސުނާމީ ކާރިސާއަކީ މާތް ﷲ ގެ ކުޅަދުންވަންތަކަމާއި އެކަލާނގެ ފަނާ ކުރައްވަވަނީ އިރާދަކުރެއްވެވި ތަނެއްކަން ވަަރަށް ރަނގަޅަށް ސާބިތުވެގެންދިއަ ކާރިސާއެކެވެ. ރާޅުއެރި ބައެއް ސަރަހައްދުތަކުގައި ހުރި އުސް ވަރުގަދަ އިމާރާތްތައް ވެށްޓިގެންދިއައިރު މިސްކިތްތަކަށް އެއްވެސް އަސަރެއް ނުކުރާކަން އެއީ މިކަމުގެ އެންމެ ފުރިހަމަ ދަލީލުކަމަށް ބަލައި ނުގަންނަވީ އެއްވެސް ސަބަބެއް ނެތެވެ.

އިންސާނުން ކުރާ ކޮންމެ ކުށަކާއި ގުޅިގެން މާތް ﷲ ކޯފާއެއް ނުފޮނުއްވަވައެވެ. ނުވެސް ފޮނުއްވަވާނެއެވެ. އެއީ މާތް ﷲ ގެ ދީލަތިވަންތަކަމާއި އޯގާތެރިވަންތަކުންނެވެ. ކޮންމެ ކޯފާއެއްގައިވެސް އެތައް ބައަކަށް ޢާންމުވެގެންވާ ގެއްލުންތަކެއް ލިބިގެން ދިއުމަށް މާތް ﷲ ބޭނުންފުޅުވެވޮޑިގެން ނުވާތީއެވެ. އެއްވެސް ހާލެއްގައި އިންސާނުން ކުރާ އަމަލުތައް އެކަން ހިނގާ ވަގުތު މާތް ﷲ ދެކެ ދެނެވޮޑިގެން ނުވާތީއެއް ނޫނެވެ.

ސުނާމީ ކާރިސާގެ ހަނދާންތައް އަޅުގަނޑުމެންގެ ހިތްތަކުގައި އަދިވެސް ވަނީ ބިންވަޅު ނެގިފައެވެ. ދެންމެ ވީ ކަމެއް ފަދައިންނެވެ. ނަމަވެސް މި ދިވެހިރާއްޖެއިން ވެސް އެކަން ހަނދާންކުރަނީ ކިހައި މިންވަރަކަށްބާވައެވެ!

ކްރިސްމަސް އާއި ގުޅިގެން ރިޒޯޓެއްގައި މިއަހަރު ވަނީ ބުދު ބަހައްޓާފައެވެ. ކުދިކުދި ބުދުތަކެއް ނޫނެވެ. ބޮޑެތި ބިޔަ ބުދު ތަކެއްޗެވެ. އެންމެ ބުދެއްވެސް ނޫނެވެ. ބޮދު ބުދު ފުންޏެކެވެ. އެބާވަތުގެ ތަކެއްޗަކީ ރާއްޖެއަށް އެތެރެކުރުންވެސް މަނާ ތަކެއްޗެވެ. އެ ބުދުތައް ބެހެއްޓީ އެރިޒޯޓުގައި އުފައްދައިގެނެއް ނޫނެވެ. ބޭރުން އެތެރެކޮށްގެންނެވެ. ރާއްޖެއަށް އެތެރެކުރާ ތަކެތި ބަލައި ފާސްކުރުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ފަރާތްތަކުގެ ޒިންމާ ކޮބައިތޯއެވެ!

ހަމައެއާއިއެކު ރާއްޖެއިން ވިސްނާލަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. 2004 ވަނަ އަހަރަކީ އަދުލުވެރިކަމެއްނެތި ސިޔާސީ ބޭނުންތަކަށްޓަކައި ރާއްޖޭގެ ގިނަ ބައަކަށް ޚާއްޞަކޮށް ސިޔާސީ ފަރާތްތަކަށް ބޮޑެތި އަނިޔާތަކެއް ލިބެމުންދިއަ އަހަރެކެވެ. ގިނަ ބައަކު ހިފާ ހައްޔަރުކޮށް އަނިޔާކުރަމުންދިއަ އަހަރެކެވެ. ސުނާމީ ކާރިސާ އާއި ގުޅިގެން އެއިރު ހައްޔަރުކޮށްފައި ތިބި މީހުން މިނިވަންކުރިއެވެ.

ނުހައްޤުން މީހަކު ހިފައި ހައްޔަރުކުރާ ކޮންމެ ފަހަރަކު ސުނާމީއެއް ނުވަތަ އެނޫންވެސް ކޯފާއެއް މާތް ﷲ ނުފޮނުއްވުމަކީ އަނިޔާވެރިކަން އާންމުކުރުމަށް މާތް ﷲ ލައިސަންސް ދެއްވުމެއް ނޫނެވެ. ޤަބޫލުކުރަންވީ ހަޤީޤަތަކީ އަނިޔާވެރިކަން ހައްދުފަހަނައަޅައި ދިއުމުން ކޯފާ ފޮނުއްވަވާ މާތް ﷲ މިއަދު ވެސް ހަމަ އެބާރުފުޅުތަކާއިއެކު ވޮޑިގެންވާ ކަމެވެ. ދުނިޔޭގައި ނަމަވެސް އެހެން ތަނެއްގައި ނަމަވެސް ހިނގާ އެއްވެސް ކަމެއް މާތް ﷲ އަށް ސިރު ނުވާނެ ކަމެވެ. އެންމެހައި ކަންކަން އެކަންކަމުގެ އަޑީގައިވާ ހަޤީޤަތްތަކާއިއެކު މާތް ﷲ ދެކެދެނެވޮޑިގެންވާ ކަމެވެ.

ފަނޑިޔާރުގެތަކަށް ނުފޫޒު ފޯރުވައިގެން ކަމެއް ކޮށްފައިވާނަމަ އެކަންކަންވެސް މާތް ﷲ ދެކެ ދެނެވޮޑިގެންވާނެކަން އެއީ މާތް ﷲ އަށް އީމާންވާ އެންމެން ޤަބޫލުކުރަންޖެހޭނެ ކަމެކެވެ.

ސައުދިއަރަބިޔާގައި ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން އެތިއްބެވީ ބަންދުގައެވެ. ގިނަ އަދަދެއްގެ އިލްމުވެރިންގެ ފަތުވާ ދިނުމުގެ ހުއްދަ ވަނީ ބާޠިލްކޮށްފައެވެ. ޤައުމީ މަޞްލަހަތާއި ގުޅުވައިގެންނެވެ. އެކަންކަން އެގޮތަށް ކޮށްފައިވަނީ ޤައުމީ މަޞްލަހަތާއި ގުޅިގެންކަން ނުވަތަ ހައްޤު ބަސް ވިދާޅުވާތީކަން މާތް ﷲ އަށް ސިއްރެއް ނުކުރެވޭނެއެވެ. އެކަންކަން އެންމެ މޮޅަށް މާތް ﷲ ދެކެދެނެވޮޑިގެންވެއެވެ.

ސުނާމީ އުފެދުނު އަދި އެންމެ ބޮޑަށް ގެއްލުން ލިބުނު އިންޑޮނޭސިއާއަކީ އަދަދުގެ ގޮތުން މުސްލިމުން އެންމެ ގިނަ ޤައުމެވެ. ނަމަވެސް އިންޑޮނޭސިއާއަކީ ފަތުރުވެރިކަމުގެ ނަމުގައި ކަންކަން އެންމެ ހައްދުފަހަނައަޅާފައިވާ ޤައުމެވެ. ހުރިހާ ކަމެއް އެންމެ މިނިވަން އެއް ޤައުމެވެ. ދުނިޔޭގެ ނިޞްބަތުންވެސް މެއެވެ.

ސުނާމީ ކާރިސާގެ ހަނދާންތައް އައުކުރަމުން ގެންދާއިރު މިއީ ވިސްނައިލުން ހަމަ ރަނގަޅު ކަންކަމެވެ. މުސްލިމް ޤައުމުތަކުގައި ހާލުހުރި ގޮތެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައިވެސް ހާލުހުރި ގޮތެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް







ފުރެންޑު 2017-12-26 14:59:53

ކްރިސްޓްމަސް ކޯފާ ވެސް އައީ އިސްލާމުންނަށް ދޯ. ކްރިސްޓްމަސް ގަބޫލު ކުރާ މީހުން ތިބީ އަދިވެސް ހެވިފައި.


އަބްދުއްލަތީފް