އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑޮނޭޝިއާ އަށް ސުނާމީ އަރައިފި

އިންޑޮނޭޝިއާ އަށް ސުނާމީ އަރައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

އިންޑޮނޭޝިއާގެ ޕެސިފިކް ސަރަޙައްދަށް މިއަދު ހަވީރު އެރި ބިން ހެލުމަކާއެކު، ސުނާމީ އަރައިފިއެވެ.

އިންޑޮނޭޝިއާގެ ސިޓީ އަކަށް 7.5 މެގްނިޓިއުޑް ބާރު މިނުގައި އެރި ބިންހެލުމަކާއެކު ސުނާމީ އަރާފައިވަނީ އެޤައުމުގެ ސުލަވޭސީ ނަމަކަށް ކިޔާ ރަށަަކަށް ކަމަށް ޖިއޯފިޒިކްސް އާއި ހަވާލާދީ އޭއެފްޕީ އިން ބުނެފައިވެއެވެ.

ސުނާމީ އެރުމުގެ ކުރިން އެޤައުމުގެ މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވަނީ، ތިން މީޓަރު ފުން ރާޅުތަކަކާއެކު ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ވެސް ނެރެފައިވެއެވެ. ނަމަވެސް ފަހުން އެއިދާރާއިން ވަނީ އެއިންޒާރު ނަގާފައެވެ.

އިންޑޮނޭޝިއާ އަށް ސުނާމީ އަރާފައިވަނީ އިންޒާރު ނެގިތާ ކުޑަ އިރުކޮޅެއް ތެރޭގައެވެ.

ސުނާމީ އެރުމުގެ ކުރިން ބިންހެލުން އެރުމުގެ ސަބަބުން އެޤައުމުގެ އެކަކު މަރުވެ، 10 މީހުން ޒަޚަމްވެފައިވެއެވެ. އަދި ބިންހެލުން އެރި ދިމާލުގެ ބައެއް އިމާރާތްތައްވެސް ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ