އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގާތްގާތުގައި ދެ މަސްވެރިން މަރުވީ ސިހުރު ހަދައިގެންތޯ ބަލާނަން- ލަންދޫ ކައުންސިލް

ގާތްގާތުގައި ދެ މަސްވެރިން މަރުވީ ސިހުރު ހަދައިގެންތޯ ބަލާނަން- ލަންދޫ ކައުންސިލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

ނ. ލަންދޫ ގައި ހަފްތާއެއްގެ ތެރޭގައި މަރުވި ދެ މަސްވެރިން، މަރުވެފައިވަނީ ސިހުރުގެ ސަބަބުން ކަމަށް ބައެއް މީހުން ޤަބޫލުކުރުމާއި ގުޅިގެން އެކަމުގެ ހަގީގަތް ބަލާނަން ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ލަންދޫ ކައުންސިލުގެ ރައީސް އަބްދުﷲ އާރިފް ވިދާޅުވި ގޮތުގައި އެރަށުގައި މީގެ ކުރިން ސިހުރުގެ ހާދިސާއެއް ހިނގާފައެއް ނުވެއެވެ. ނަމަވެސް ހަފްތާއެއްގެ ތެރޭގައި ކުއްލި ދެ މަރު ހިނގާފައިވުމުން ރަށުގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެހެންކަމުން އެކަން ތަހުގީގު ކުރަންޖެހޭ ހުރިހާ ގޮތަކުން ތަހުގީގު ކުރާނެ ކަމަށް އާރިފް ވިދާޅުވިއެވެ.

ދެ މަސްވެރިންގެ މަރަކީ ސިހުރުގެ ސަބަބުން ހިނގާފައިވާ ދެމަރުކަމަށް ބައެއް މީހުން ޤަބޫލު ކުރުމާއި ގުޅިގެން އެކަން ތަހުގީގު ކުރަން ކައުންސިލުން މަޝްވަރާ ކޮށްފައިވީ ނަމަވެސް އަދި އެކަން ތަހުގީގު ކުރަން ނުފަށާ ކަމަށް އާރިފް ވިދާޅުވިއެވެ.

"ވަރަށް ގިނަ ފަރާތްތަކުން އެބަބުނޭ ސިހުރުގެ ސަބަބުންނޭ މަރުވީ، އެހެންވެ ކައުންސިލުގެ ތިން މެންބަރުން އެކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވަނީ، އެކަމަކު އަދި ތަހުގީގު ކުރާކަށް ނުފަށަން. ރައްޔިތުން މިކަމާއި ގުޅިގެން ތިބީ ވަރަށް ބިރުގެންފަ. އެހެންވެ ތަހުގީގު ކުރާނަން ހުރިހާ ގޮތަކުންވެސް" ލަންދޫ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ނ. ލަންދޫގައި "މުރިނގު-2" ނަމަކަށް ކިޔާ ދޯންޏަކުން މަހަށް ދިޔަ ދެމީހުން އެއް ހަފްތާ ތެރޭގައި މަރުވެފައިވާއިރު، އެދެމީހުން ވެސް މަރުވެފައިވަނީ ށ. ކަނޑުފަތި ކައިރީގައި މަސްވެރިކަން ކުރަމުން ދަނިކޮށެވެ.

އާދަމް އިސްމާއިލް ނަމަކަށް ކިޔާ މީހަކު މިދިޔަ ބުރާސްފަތި ދުވަހު ކުއްލި ގޮތަކަށް މަރުވެފައިވާއިރު އަޙުމަދު ފައިސަލް ނަމަކަށް ކިޔާ މީހަކު މިއަދު ހެނދުނު ވަނީ ހަމަ ކުއްލި ގޮތަކަށް މަރުވެފައެވެ.

މިދެމީހުންގެ މަރު އެތައް ގޮތަކުން ވަނީ ގުޅިފައެވެ. މަރުވި އިރު އާދަމް އިސްމާއިލްގެ އުމުރުން 49 އަހަރެވެ. އަދި އަހުމަދު ފައިސަލް ގެ އުމުރުން ވެސް ގާތްގަނޑަކަށް 49 އަހަރެވެ.

މީގެ އިތުރުން އާދަމް އިސްމާއިލް މަރުވީ މަސްބާނަން ހުއްޓާ ހޮޑުލަވާ ބޯއަނބުރާތީ އިށީނދެ އިންދާ މެއަށް ތަދެއް އަރައިގެން ކަމަށް މައުލޫމާތު ލިބެއެވެ. އަދި މިއަދު މަރުވި އަހުމަދު ފައިސަލް ވެސް މަރުވީ މަސް ބާނަސް ހުއްޓާ ކުއްލިއަކަށް މެއށް ތަދެއް އަރާތީ ދޯނި މަތީގައި އިށީންދެ އިންދާ ވެއްޓި އަގައިން ފޮނުތަކެއް އެރުވުމަށް ފަހުއެވެ.

މަރުވި އާދަމް އިސްމާއިލް އާއި އަހުމަދު ފައިސަލް އަކީ ގާތް ދެ އެކުވެރިންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ