އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސްތުވާތަކެއްޗާއެކު ލަންދޫ ކައުންސިލަރަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ލަންދޫ ކައުންސިލަރަކު ހައްޔަރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

ނ.ލަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި މަސްތުވާތަކެއްޗާއެކު އެ ރަށު ކައުންސިލަރަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ލަންދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ދަންވަރު 12:00 ޖަހާއިރު އެ ރަށު ބަނދަރުމަތިން، ފުލުހުން 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. ހައްޔަރުކޮށްފައިވާ މީހާގެ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެނގިފައިވާ ގޮތުން، ފުލުހުން ހައްޔަރުކޮށްފައިވަނީ އެ ރަށު ކައުންސިލަރެކެވެ.

މި މީހަކު ހައްޔަރުކޮށް، ލަންދޫ ބަނދަރުގައި އޮތް ސަޕްލައި ދޯންޏެއް ބަލައި ފާސްކުރިއިރު، އެ މީހަގެ ނަމުގައި އެ ދޯނީގައި ހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 25 ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ނ.ލަންދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.



Advertisement

ކޮމެންޓް ކުރެއްވުމަށް