އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޅ.އަތޮޅު މަސްކިރާ ބޯޓަކުން މަސްތުވާތަކެތި ފެނި މީހަކު ހައްޔަރުކޮށްފި

ޅ.އަތޮޅު މަސްކިރާ ބޯޓަކުން މަސްތުވާތަކެތި ފެނި މީހަކު ހައްޔަރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 40 ސިކުންތު

ޅ.އަތޮޅުގައި އޮތް މަސްކިރާ ބޯޓަކުން މަސްތުވާތަކެތި ފެނި، އެ މައްސަލާގައި އެ ބޯޓުގައި އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ބުދަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޅ.އަތޮޅުގައި އޮތް މަސްކިރާ ބޯޓެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 10 ދަޅު ފެނިފައިވާކަމަށެވެ.

މި މައްސަލާގައި ބޯޓުގައި އުޅުނު 48 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ހައްޔަރުކުރި މީހާގެ ބަންދަށް ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް