އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕޯސްޓްގެ ޒަރީއާ އިން ރާއްޖެއަށް އެތެރެކުރަން އުޅުނު 1.74 ކިލޯގެ ޕާޓީ ޑްރަގްސް އަތުލައިގަނެފި

ޕޯސްޓްގެ ޒަރީއާ އިން ރާއްޖެއަށް އެތެރެކުރަން އުޅުނު 1.74 ކިލޯގެ ޕާޓީ ޑްރަގްސް އަތުލައިގަނެފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

ޕޯސްޓްގެ ޒަރީއާ އިން އެކި ފަހަރު މަތިން މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރަން އުޅުނު 1.74 ކިލޯގެ ޕާޓީ ޑްރަގްސް އަތުލައިގެންފައިވާ ކަމަށް ކަސްޓަމުން މިއަދު ބުނެފި އެވެ.

މިދިޔަ މާޗް މަހާއި އޭޕްރީލް މަހުގެ ތެރޭގައި ކަސްޓަމުން ހިންގި އޮޕަރޭޝަންތަކުގައި ޕޯސްޓު ޕާރުސަލްތަކުގެ ތެރޭގައި ފޮރުވައިގެން ރާއްޖެ އަށް އެތެރެ ކުރަން އުޅެނިކޮށް 24 ފަހަރެއްގެ މަތިން މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާޢި ޕާރުސަލްތައް އައިސްފައިވަނީ އިނގިރޭސި ވިލާތް، ގްރީސް، ޖަރުމަނު، ބެލްޖިއަމް އަދި ނެދަލެންޑްސް އިން ކަމަށް ކަސްޓަމުން ވަނީ ބުނެފައެވެ.

ކަސްޓަމުން ވަނީ ބުނެފައީވަނީ މިޕާޓީ ޑްރަގްސްގެ ތެރޭގައި ހިމެނެނީ އެކްސްޓަސީ، ހެރޮއިން، އެމްފެޓަމައިން، މެތަންފަޓަމައިން، މެފެޑްރޯން އަދި މެތުމެތިނޯން ފަދަ ބާވަތްތައް ކަމަށެވެ.

ޕޯސްޓް ޒަރީއާ އިން އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައެވެ. އަދި މިމައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ކަސްޓަމުން ވަނީ ބުންޏެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު