އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެއަށް އެތެރެކުރަން އުޅުނު ޑްރަގް ގުޅަތަކަކާއެކު ބަންގްލަދޭޝް މީހަކު އަތުލައިގެންފި

ރާއްޖެއަށް އެތެރެކުރަން އުޅުނު ޑްރަގް ގުޅަތަކަކާއެކު ބަންގްލަދޭޝް މީހަކު އަތުލައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 37 ސިކުންތު

ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމައިން ގުޅަތަކަކާއެކު ބަންގްލަދޭޝް މީހަކު ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މިއަދު ބުނި ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ އައި 23 އަހަރުގެ ބަންގްލަދޭޝް ފިރިހެން މީހަކާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހަރަކާތްތެރިވަމުން ދިޔަ ކަސްޓަމްސް އޮފިސަރުން ސުވާލުކުރިކަމަށެވެ.

އަދި އޭނާގެ އަމަލުތައް ހުރި ގޮތުން، އޮފިސަރުން އޭނާގެ ލަގެޖު ބަލައި ފާސްކުރިއިރު، އެ ލަގެޖުގެ ތެރެއިން ފެނުނު ފުޅިތަކެއްގެ ތެރެއިން 302 އެމްފެޓަމައިން ގުޅަ ފެނިފައިވާކަމަށެވެ.

އަދި އެ ގުޅަތައް އެތެރެކުރަން އުޅުން މީހާ ފުލުހުންނާ ހަވާލުކޮށްފައިވާއިރު، ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް