އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިރިން ހައްޔަރުކުރުމުން އަނިޔާލިބެމުންދާ އަނބިން އެއްމޭޒަށް - ދެން ފެންނާނީ ބޮޑު ޖަމިއްޔާއެއް!

ފިރިން ހައްޔަރުކުރުމުން އަނިޔާލިބެމުންދާ އަނބިން އެއްމޭޒަށް - ދެން ފެންނާނީ ބޮޑު ޖަމިއްޔާއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

މިއަދު އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެއްކަމަކީ ޖަލުގައި ހައްޔަރުކޮށްފައިވާ ސިޔާސީ ހައްޔަރީންގެ އަނބިން އެއް މޭޒަކަށް ޖަމާވުމެވެ. އަނބިންގެ ފޮޓޯ ފެނުމުން ގިނަ ބައަކު ބުނަނީ ދެން ފެންނާނީ ޢާއިލާތަކުގެ ބޮޑު ޖަމިއްޔާއެއް ކަމަށެވެ.

ހައްޔަރުކޮށްފައިވާ ފުލުހުންގެ އަނބިންނާއި ސިފައިންގެ ބޭކަލުންގެ އަނބިންގެ ކިބައިންވެސް މިފަދަ މަންޒަރުތައް ފެނުމަކީ ދުރުކަމެއް ނޫން ކަމަށާއި މިއެންމެންގެ ޢާއިލާތަކުގެ ޖަމިއްޔާއެއް އުފައްދައިފިނަމަ އެ ޖަމިއްޔާ ވެގެންދާނީ ރާއްޖޭގެ އެންމެ ބޮޑު އެއް ޖަމިއްޔާއަށް ކަމަށްވެސް ގިނަ ބައަކު ބުނެއެވެ.

ސިޔަސީ ހައްޔަރިން ކިޔާ ބައަކު ނެތްކަމަށް ބުނެވުނު ނަމަވެސް ސިޔާސީ ހައްޔަރީން އެބަތިބިކަމަށް ޤަބޫލުކުރަންޖެހެނީ އެބޭފުޅުންނާއިމެދު ޝަރީއަތްތައް ކުރެވުނު ގޮތެވެ. އަދި އެބޭފުޅުންނާއިމެދު ޝަރީއަތް ކުރެވިފައިވަނީ ޝަރީއަތް ކުރުމުގެ ނިޒާމުން ބޭރުންކަން ސްޕްރީމް ކޯޓުގެ 1 ފެބްރުއަރީގެ އަމުރުގައިވެސް ފާހަގަކޮށްފައިވުމުންނެވެ. ސްޕްރީމް ކޯޓުގެ އަމުރުގައި 9 ބޭފުޅަކު މިނިވަންކުރުމަށް ގޮވާލެވުނީ އެ ސަބަބަށްޓަކައިކަން އަމުރުން ސާފުވެއެވެ.

މިސަރުކާރުގެ ފުރަތަމަ ޔޫތް މިނިސްޓަރު މަލީޙް ޖަމާލް މިއަދު ވިދާޅުވީ އެކަނބަލުންގެ ފިރިން ވަނީ ރަހީނުކުރެވިފައި ކަމަށެވެ. އެކަނބަލުންނަށް އަނިޔާކުރަމުން ގެންދާ ވެރިން ބަލިވެ އުފާވެރިކަން ލަސްތަކެއް ނުވެ ލިބޭނެ ކަމަށެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް