އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނޫސްވެރިންނަކީ ސަރުކާރަށް މަގުދައްކައިދޭ ބައިވެރިން - ޖޭޕީގެ ވެރިކަމެއްގާ މިހާރު އަނިޔާ ލިބޭ ނޫސްވެރިންނަށް ބަދަލުދޭނަން: މަލީޙް

ނޫސްވެރިންނަކީ ސަރުކާރަށް މަގުދައްކައިދޭ ބައިވެރިން - ޖޭޕީގެ ވެރިކަމެއްގާ މިހާރު އަނިޔާ ލިބޭ ނޫސްވެރިންނަށް ބަދަލުދޭނަން: މަލީޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ނޫސްވެރިންނަކީ ސަރުކާރަށް މަގުދައްކައިދޭ ބައިވެރިން ކަމަށާއި ޒިންމާދާރު، މިނިވަން ނޫސްވެރިކަމެއް ނެތި ފުރިހަމައަށް ސަރުކާރެއް ނުހިންގޭނެކަމަށް ޖޭޕީގެ ކައުންސިލް މެންބަރު މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީޙް ވިދާޅުވީ ނޫސްވެރިން ސުވާލުތައް ކުރިމަތިކުރުވަނީ ސުވާލު އުފެދޭ ކަންތައްތަކެއް ހުންނާތީ ކަމަށާއި އެއީ އެއްވެސް ސަރުކާރަކުން ބިރުގަންނަން ޖެހޭނެ ކަމެއް ނޫން ކަމަށެވެ. އަދި ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސް އަޅަންޖެހޭނެ ސަބަބެއްވެސް ނޫން ކަމަށެވެ. އަދި ނޫސްވެރިންނަށް ބިރުދައްކައި ބޮޑެތި އަދަބުތައް ދީ ބޮޑެތި އަދަދުތަކުން ޖުރުމަނާކޮށް ހަދަނީ ސަރުކާރުން ނުރަނގަޅު ކަންތައްތައް ކުރާތީ އެކަންކަމުގެ ހަޤީޤަތް ހާމަވިއަ ނުދިނުމަށް ކަމަށެވެ.

މަލީޙް ވިދާޅުވީ ޖޭޕީގެ ނުވަތަ ޖޭޕީގެ ގުޅިފައިވާ ވެރިކަމެއްގައި މިހާރު އަނިޔާ ލިބޭ ނޫސްވެރިންނަށް ބަދަލުދޭނެ ކަމަށާއި ނޫސްވެރިންނަށް މިހާރު އަޅާފައި ހުރި ހުރިހާ ހުރަސްތައް ނައްތައިލާނެ ކަމަށެވެ.

މަލީޙް ވިދާޅުވީ މީހަކު އާންމުތަނެއްގައި އެންމެންގެ ކުރިމަތީގައި ހުރެ ދައްކާ ވާހަކައަކުން އަދި އެފަދަ ވާހަކައެއްގެ ޚަބަރު ޢާންމުކުރުމަކުން އެއްވެސް ސަރުކާރެއް ނުވެއްޓޭނެ ކަމަށެވެ. އެކަން އެގޮތަށް ވެދާނެ ކަމަށް ޤަބޫލުކުރުމަކީވެސް މައްސަލައެއް ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް