އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހި ކަނބަލުންގެ ލޯން ސްކީމްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ދިވެހި ކަނބަލުންގެ ލޯން ސްކީމްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

ވިޔަފާރިއެއް ފެށުމަށް ނުވަތަ ކުރާ ވިޔަފާރިއެއް ތަރަައްޤީކުރުމަށް މަސައްކަތްތެރި ދިވެހި ކަނބަލުންނަށް ދޫކުރަން ފަށާފައިވާ ލޯން ސްކީމްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ދޫކުރަން ފެށި މި ލޯން ސްކީމްގައި ބައިވެރިވުމަށް ކުރިން ފުރުސަތު ހުޅުވާލާފައިވަނީ މާޗު މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް، އެ ފުރުސަތު މިހާރު ވަނީ މާޗު މަހުގެ 8 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މުއްދަތު އިތުރުކުރަން ނިންމީ ގިނަ ފަރާތްތަކުން އެކަމަށް އެދެމުން ދާތީ، އެ ފަރާތްތަކަށް ފުރުސަތު ދިނުމަށްކަމަށެވެ.

މި ލޯން ސްކީމަށް އެދޭ ފޯމް ލިބެން ހުންނާނީ އިކޮނޮމިކް މިސްޓްރީންނާއި ހަ ރަށެއްގައި ޤާއިމްކޮށްފައި ހުރި ބިޒިނަސް ސެންޓަރުތަކުންނެވެ. ބިޒިނަސް ސެންޓަރުތައް ޤާއިމްކޮށްފައި ހުރި ރަށްތަކަކީ ހދ.ކުޅުދުއްފުށި، ޅ.ނައިފަރު، ދ.ކުޑަހުވަދޫ، ލ.ފޮނަދޫ، ގދ.ތިނަދޫ، އަދި ސ.ހިތަދޫއެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް