މިހާރަކަށް އައިސް އެންމެ ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވެ ސަމާލުކަން ދޭ އެއް ކަމަކީ ދައްޖާލު ފައުޅުވުމެވެ. ދައްޖާލުގެ މައްސަލައަކީ އެންމެ ކުރިން ފެށިގެން އޮތް މައްސަލައެއް ނަމަވެސް އެކަމަށް މީސްތަކުން އެހައި ބޮޑު ސަމާލުކަމެއް ނުދެއެވެ.
ދައްޖާލުގެ މައްސަލައިގައި އުފެދޭ ސުވާލުތައް ގިނަވުމުން އެ ސުވާލުތަކަށް ޖަވާބު ދެއްވުމަށްޓަކައި ދީނީ އިލްމުވެރިން ގެންދަވަނީ ދިރާސާކުރައްވައި ފޮތްތައް ލިޔުއްވަމުންނެވެ. މިގޮތުން އެންމެ ފާހަގަކުރެވޭ އެއްފޮތަކީ މެލޭސިޔާގެ އިލްމުވެރިއެއް ކަމަށްވާ ޝައިޚް އިމްރާން ޙުސައިން ލިޔުއްވާފައިވާ "ދައްޖާލް ދަ ޤްރްއާން އެންޑް އައްވަލް އައްޒަމާން" އެވެ.
ޝައިޚް އިމްރާން ވިދާޅުވަނީ މީސްތަކުން މިހައި ގިނަ ސުވާލުތައް އުފައްދަނީ ދައްޖާލުގެ ވާހަކަ ކީރިތި ޤްރްއާނުގައި ނެތް ކަމަށް ބުނެ ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ޤަބޫލުކުރުމެއް ނޫން ކަމަށާއި "ދައްޖާލު"ގެ ވާހަކަ ކީރިތި ޤްރްއާނުގައި އެބަ އޮތް ކަމަށެވެ. "ޞ" ސޫރަތުގައި ފިތުނައިގެ ގޮތުގައި އެވަނީ ދައްޖާލުގެ ވާހަކަ ކަމަށެވެެ.
ޝައިޚް އިމްރާންގެ ފޮތް މިހާރުވެސް ވަނީ ގިނަ ބަސްތަކަކަށް ތަރުޖަމާކޮށްފައެވެ. އިތުރު ބަސްތަކަށް ތަރުޖަމާ ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުންނެވެ.
ޝައިޚް އިމްރާންގެ ބުކްސްޓޯރުން މިހާރުވެސް މި ފޮތް ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.
ގުޅުންހުރި ވީޑިއޯ: