އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަކުނުދޫ ކައިރިން ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

މަކުނުދޫ ކައިރިން ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު

ހދ. މަކުނުދޫ ކައިރިން މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، މަކުނުދޫ ކައިރިން ކަނޑުމަތިން މީހަކު މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު މެންދުރު 12:55 ގައި ކަމަށާއި މިވަގުތު އެސަރަޙައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މިހާދިސާއާއި ގުޅޭ ގޮތުން "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން މަކުނުދޫ ކައުންސިލް މެމްބަރު ޙުސެއިން ސާމި ވިދާޅުވީ މަރުވެފައިވަނީ ފިރިހެނެއް ކަމެއް ނުވަތަ އަންހެނެއް ކަމެއް ވެސް އަދި ނޭނގޭ ކަމަށާއި "ޑެޑް ބޮޑީ އަދި މަކުނުދޫ އަށް ނުގެނޭ" ކަމަށެވެ.

ސާމީ ވިދާޅުވިގޮތުގައި ޑެޑް ބޮޑީ އެރަށަށް ގެންދާނީ ހަލާކުނުވެ އޮތްނަމައެވެ. އަދި މިވަގުތު "އާއިލާ-2" ނަމަކަށް ކިޔާ ދޯންޏެއް އެސަރަޙައްދަށް ފޮނުވާފައިވާ ކަމަށާއި ކުޅުދުއްފުއްޓާއި މަކުނުދޫގެ ފުލުހުންތަކެއް ވެސް އެސަރަޙައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް މެމްބަރު ސާމީ ވިދާޅުވެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ