އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަލްމާން ޚާން ޖަލުން އެއްވެސް ކަމަކަށް ބޭނުމެއް ނުވި

ސަލްމާން ޚާން ޖަލުން އެއްވެސް ކަމަކަށް ބޭނުމެއް ނުވި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

އިންޑިއާގެ މަޝްހޫރު ފިލްމީތަރި ސަލްމާން ޚާންގެ މައްޗަށް 5 އަހަރުގެ ޖަލު ޙުކުމެއް އިއްވައި މިއަދު ޖަލުގައި ބަންދުކުރުުމުން ޖަލުގެ އިސްވެރިން ވެސް އެންމެ ހައިރާންވި އެއް ކަމަކީ އެއްވެސް ކަމަކަށް ނުއެދުނު ކަމެވެ. ގެންދެވޭ ހަމަ އެހެން ޤައިދީން ފަދައިން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރަން އެއްބާރުލުން ދިން ކަމެވެ.



ސަލްމާން ޚާނަށް ދިން ޖަލު ނަމްބަރަކީ 106 އެވެ. ބަންދުކޮށްފައި ހުރީ އެޖަލުގެ 2 ނަމްބަރު ވޯޑުގައެވެ. އަދި ހުރީ އެކަންޏެވެ. މިރޭ ކެއުމަކަށް ދިނީ ކެބެޖާއި ލެސިތިލް އެވެ. މާދަމާ ހެނދުނު ގޮޅިން ބޭރަށް ނުކުންނަންވާއިރަށް ޖަލުގެ ޔުނިފޯމް އަޅުވާނެއެވެ.

ޖަލަށް ގެންދިއުމުން ހެދި ޓެސްޓްތަކުގައި އެއްވެސް މައްސަލައެއް ނެތެވެ. އެހެންކަމުން އެއްވެސް ޚާއްޞަ އިނާޔަތެއް ނުލިބޭނެއެވެ.

ނިދަންޖެހޭނީ ހަމަ ތަޅުންގަނޑުގައެވެ. ނަމަވެސް އިނާޔަތެއްގެ ގޮތުން 4 ރަޖާގަނޑު ދީފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް







ޙޫނައިނު 2018-04-05 23:37:08

ކޮންކަހަލަ މައްސަލަ އެއްގާބާ ސަލްމާންހާން ޖަލަށްލާންޖެހުނީ!


އަބްދުއްލަތީފް