އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެ ރޭ ޖަލުގައި ހޭދަ ކުރުމަށްފަހު ކަފާލާތުގެ ދަށުން ސަލްމާން ޚާން ދޫކޮށްލައިފި

ދެ ރޭ ޖަލުގައި ހޭދަ ކުރުމަށްފަހު ކަފާލާތުގެ ދަށުން ސަލްމާން ޚާން ދޫކޮށްލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ޖޯދްޕޫރް- މީގެ 20 އަހަރު ކުރިން ފުއްލާއެއް މެރި ކަމުގެ ތުހުމަތުގައި ފަސް އަހަރަށް ޖަލަށް ލާން ތުހުމަތު ކުރި، ބޮލީވުޑް ގެ ސުޕާސްޓާރ ސަލްމާން ޚާން، ޖޯދްޕޫރް ސެންޓްރަލް ޖަލުގައި ދެ ރޭ ހޭދަ ކުރުމަށްފަހު ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.

ރާޖަސްތާންގެ ޖޯދްޕޫރް ކޯޓަކުން ސަލްމާން ޚާން އަށް ކަފާލާތު ދިނުމާއިމެދު ގޮތެއް ނިންމަން ޝަރީޢަތް ބޭއްވީ މިއަދު ހެނދުނުއެވެ. ނަމަވެސް ފަނޑިޔާރު ރަވިންދްރަ ކުމާރް ޖޯޝީ އެޙުކުމް އިއްވެވީ މިއަދު މެންދުރުގެ ނަސްތާއަށް ފަހުއެވެ.

އުމުރުން 52 އަހަރުގެ ސަލްމާން ޚާން އަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ 1998 ވަނަ އަހަރު ރިލީޒްވި ފިލްމު "ހަމް ސާތު ސާތު ހޭ" ފިލްމުގެ ޝޫޓިން އެއްގެ ތެރޭގައި ޝިކާރަކޮށް ދެ ފުއްލާއެއް މެރިކަމުގެ ތުހުމަތުގައެވެ. އޭނާއާއިއެކު އެފިލްމުގައި މަސައްކަތްކުރި ސައިފް އަލީ ޚާން އާއި، ތާބޫ، ސޮނާލީ ބެންޑްރޭ އަދި ނީލަމް ވެސް މިމައްސަލާގައި ކޯޓަށް ހާޒިރު ކުރެވުނެވެ. ނަމަވެސް އެމީހުންނާއި ދެކޮޅަށް އެއްވެސް ހެއްކެއް ނެތުމުން އެމީހުން ވަނީ ދޫކޮށްލާފައެވެ.

ސަލްމާން ޚާންގެ ވަކީލު ބާރަތު ބޫޝަން ޝަރްމާ ރިޕޯޓަރުންނާ ވާހަކަ ދައްކަމުން ބުނެފައިވަނީ ކަފާލާތު ލިބުން ކަމުގައި ވިޔަސް، ސަލްމާން ޚާން ޖަލުން މިނިވަން ވާނީ ކޯޓުން ކުރި އަމުރު ޖަލުގެ ކަމާއިބެހޭ ފަރާތްތަކަށް ލިބުމުން ކަމަށެވެ. އެހެންކަމުން ނިންމަންޖެހޭ ރަސްމީ ހުރިހާ ކަމެއް ނިންމުމަށްފަހު ސަލްމާން ޚާން ގެއަށް ދާން ޖަލުން ނެރެވޭނީ މިރޭ ގާތްގަނޑަކަށް 19:30 ހާއިރު ކަމަށް ވެސް ވަކީލު ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ