އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެކުނުގައި ރޭ އެކަނިވެސް 600 ޓަނުގެ މަސް ކިރައިފި، ދެކުނުގައި މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅު

ދެކުނުގައި ރޭ އެކަނިވެސް 600 ޓަނުގެ މަސް ކިރައިފި، ދެކުނުގައި މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 46 ސިކުންތު

މިދުވަސްކޮޅަކީ ރާއްޖޭގެ ދެކުނުގެ ސަރަޙައްދަށް އާދަޔާ ޚިލާފަށް މަސްވެރިކަން ރަނގަޅު ދުވަސް ކޮޅެކެވެ. އެގޮތުން ރޭ އެކަނި ވެސް ގއ. ކޫއްޑޫ އަށް 600 އަށްވުރެ ގިނަ ޓަނުގެ މަސް ކިރައިފިއެވެ.

ދެކުނުގެ މަސްވެރިކަން ދަށްވެފައި އޮތުމަށްފަހު، މިހާރު ރަނގަޅު ވެފައިވާ ކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރ އަދްލީ އިސްމާއިލް މިއަދު ވިދާޅުވެފައިވެއެވެ. އެގޮތުން 400 ޓަނުގެ ކެޕޭސިޓީ ހުންނަ ކޫއްޑޫއަށް 600 އަށްވުރެ ގިނަ ޓަނުގެ މަސް ކިރާފައިވާ ކަމަށާއި އަދިވެސް ބައެއް ދޯނިފަހަރުތައް މަސްކިރަން މަޑުކޮށްގެން އެބަތިބި ކަމަށް ވެސް އަދްލީ ވިދާޅުވިއެވެ.

"ކޫއްޑޫގެ ކެޕޭސިޓީ އަސްވުރެ އިތުރަސް ރޭ ވެސް މަސް ގަނެފައި މިވަނީ. އަދި ރޭގައި މަސް ނުކިރުނު ދޯނިތަކަށް އައިސްދީގެން މަޑުކޮށްގެން އެބަތިބި. މިއަދު އެދޯނިތަކުން ބޭނި މަސްތައް ވެސް ކިރައި ނިމޭނެ" މިފްކޯ ގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ