އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތަށް ދެކުނު ފަރާތު ފަޅު ބަންދުކުރަނީ

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތަށް ދެކުނު ފަރާތު ފަޅު ބަންދުކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

މާލޭގެ ދެކުނުފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެ ފަރާތުގެ ފަޅު ވަގުތީ ގޮތުން ބޭނުންކުރުން ހުއްޓާލަން ނިންމައި މިއަދުން ފެށިގެން ދޯނިތަކަށް އެ ފަޅު ބޭނުންކުރުމުގެ ހުއްދަ ދޫނުކުރަން ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، މާލޭ ދެކުނު ފަރާތު ބޮޑުތަކުރުފާނު މަގު ހަދަން ފެށިފައިވުމާއެކު، އެ ސަރަހައްދުގެ ފަޅުތެރެއަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅިގެން ދެކުނު ފަރާތު ވިލާ ކޮލެޖުގެ ހުޅަނގު ކަނުން ފެށިގެން އިރަށް ގޮސް ޓޯވްޔާޑާ ހަމައަށް، މުދާ އުފުލާ އުޅަނދުފަހަރުތަކަށް ދޫކުރަމުން ގެންދިޔަ ހުއްދަ މިއަދުން ފެށިގެން ދޫނުކުރަން ނިންމާފައިވާކަމަށެވެ.

އެހެންވުމުން މި އެންގުމާ ޚިލާފުވާ އުޅަނދުފަހަރުތައް އެ މިނިސްޓްރީން ނަގަމުންދާނެކަމަށް ވެސް އިއުލާންގައި ބުނެފައިވެއެވެ.

ދެކުނު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ސަރަހައްދުގައި ހުރި ގާޑިޔާތަކާއި އެއްގަމު އުޅަނދުފަހަރުތައް ވެސް ވަނީ ނަގައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް