އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮޑުތަކުރުފާނުމަގު ފުޅާކުރަން އާޓިފިޝަލް ބީޗް ސްޓޭޖް ނަގައިފި

ބޮޑުތަކުރުފާނުމަގު ފުޅާކުރަން އާޓިފިޝަލް ބީޗް ސްޓޭޖް ނަގައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

މާލޭ ދެކުނު ސަރަހައްދުން ބޮޑުތަކުރުފާނުމަގު ފުޅައުކުރުމަށްޓަކައި އާޓިފިޝަލް ބީީޗް ސަރަހައްދުގައި ބޮޑުތަކުރުފާނު މަގާއި އިންވެގެން ހުރި ސްޓޭޖް ނަގައިފިއެވެ.



ހައުސިންގ މިނިސްޓްރީން ދަނީ މާލޭ އިންޑަސްޓްރިއަލް ވިލެޖުން ފަށިގެން ހުޅުމާލޭ ފެރީ ޓަރމިނަލް ސަރަހައްދާއި ހަމައަށް ބޮޑުތަކުރުފާނު މަގު ފުޅައުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިމަސައްކަތަކީ ބްރިޖު ނިމިގެންދާއިރު ވަރަށް މުހިންމު މަސައްކަތަށްވެގެންދާނެ މަސައްކަތެއްކަމަށް ބެލެވެއެވެ. ބްރިޖު ހުޅުވައި ބޭނުންކުރަން ފެށުމުން ގިނަ އަދަދެއްގެ ބޮޑެތި ވެހިކަލްތައް ދުއްވަން ފަށާނެ ކަމަށް ވަނީ ބެލެވިފައެވެ.



މާލޭގެ ގިނަ އަދަދެއްގެ ގުދަންތައް އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދަށް ބަދަލުކުރަން ނިންމާފައިވާއިރު މަގުތައް ފުޅައު ކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް ވަނީ ބެލެވިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް