އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގޮވާމުން ފިޠުރު ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފި

ގޮވާމުން ފިޠުރު ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު

ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާން ދައްކަން ބޭނުންވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީން އެފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެމިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ގޮވާމުގެ ބާވަތްތަކުން ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން ރަމަޟާން މަހުގެ 29 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ކަމަށާއި ޒަކާތް ދައްކަން ޖެހޭނީ އެބަޔަކު އަހަރުގެ ތެރޭގައި އާންމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތްތަކުން މީހަކަށް 2.4 ކިލޯ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ޒަކާތް ބަލައިގަންނާނީ ހެނދުނު 10:30 އިން މެންދުުރު 12:00 އަށެވެ އަދި މެންދުރު 13:00 އިން މެންދުރުފަހު 14:30 ގެ އިތުރުން ރޭގަނޑު 20:30 އިން 22:30 އަށް އަރަބިއްޔާ ސްކޫލް ހޯލުންނެވެ.

ގޮވާމުގެ އިތުރުން ލިބޭ ޒަކާތް އަންނަ ބުދަ ދުވަހުގެ ހެނދުނު 10:30 އިން ހަވީރު 17:00 އަދި ރޭގަނޑު 21:00 އިން 22:30 އަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ