އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެއަށް ފިޠުރު ޢީދު ދުވަސް ކަމުގައިވަނީ ހުކުރު ދުވަސް

ރާއްޖެއަށް ފިޠުރު ޢީދު ދުވަސް ކަމުގައިވަނީ ހުކުރު ދުވަސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 33 ސިކުންތު

މާދަމާއަކީ މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ އެންމެ ފަހު ދުވަސް ކަމަށާއި ރާއްޖެއަށް ފިޠުރު ޢީދު ދުވަސް ކަމުގައިވަނީ ޖޫން މަހުގެ 15 ވާ ހުކުރު ދުވަސް ކަމުގައި ކަނޑައަޅައިފިއެވެ.

އިސްލާމިކް މިނިސްޓްރީގައި މިރޭ ބޭއްވި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާއަށްފަހު ހަނދާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީން އިއްވި ގަރާރުގައި ބުނެފައިވަނީ، ޝައްވާލު މަހުގެ ހުޅެވި ހަނދު މިރޭ އިރުއޮއްސުނު އިރު ރާއްޖެއަށް ނުފެންނާނެ ކަމަށް އިތުބާރުހުރި ފަލަކި ހިސާބުން ދައްކާ ކަމަށާއި އިސްލާމީ އެއްވެސް ޤައުމަކަށް ވެސް ޝައްވާލު މަހުގެ ހަނދު ފެނިފައި ނުވާ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ