އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުއްތަމަ ފަނޑިޔާރާ ފަނޑިޔާރު އަލީ ހަމީދުގެ މަގާމު ގެއްލިއްޖެ

އުއްތަމަ ފަނޑިޔާރާ ފަނޑިޔާރު އަލީ ހަމީދުގެ މަގާމު ގެއްލިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ޢަބްދު ﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ފަނޑިޔާރުކަން ގެއްލިއްޖެއެވެ.

ދެ ފަނޑިޔާރުންގެ މަގާމުގެ ގެއްލުނީ ކްރިމިނަލް ކޯޓުން އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް އިއްވާފައިވާ ހުކުމް ރަނގަލޅުކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންނުމާ ގުޅިގެންނެވެ.

ފަނޑިޔާރުންގެ ޤާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައިވާ ގޮތުން، ރާއްޖޭގެ އެއްވެސް ފަނޑިޔާރަކަށް ކޮށްފައިވާ ހުކުމަކާ ގުޅިގެން ސުޕްރީމް ކޯޓުން އެފަނޑިޔާރަކު ކުށްވެރިވާކަމަށް ކަނޑައަޅާ ހިސާބުން އެބޭފުޅަކަށް ފަނޑިޔާރުކަން ގެއްލޭނެއެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އިން މިއިސްލާހު ފަނޑިޔާރުންގެ ޤާނޫނަށް ގެނައުމުގެ ކުރިން، ފަނޑިޔާރެއް މަގާމުން ވަކި ކުރެވޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ނަގާ ވޯޓަކުންނެވެ.

ގާޒީންނަށް ނުފޫޒު ފޯރުވިކަމަށްބުނެ ދެ ފަނޑިޔާރުންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެ ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި އޮތީ، ދެ ފަނޑިޔާރުން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށެވެ.

އެމައްސަލަ އިސްތިއުނާފަށް ހައިކޯޓަށް ހުށަހެޅުމުން އެކޯޓުންވަނީ ދަށު ކޯޓުން އިއްވެވި ހުކުމަށް ތާއީދުކުރި ނަމަވެސް އަދަބު ކުޑަ ކުރަން ޖެހޭ ކަމަށް ނިންމާ، އެއް އަހަރާ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ހައިކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމަށް އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިއަދު ނިންމާފައިވަނީ އެމައްސަލައިގެ އިސްތިއުނާފު ބަލައި ނުގަނެވޭނެ ކަމަށާއި ދެ ފަނޑިޔާރުންގެ މައްޗަށް އިއްވެވި ހުކުމް ރަނގަޅު ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ