2018 ވަނަ އަހަރު ކާމިޔާބީއާއި ހަމައަށް ވާސިލުވާނީ ގުޅިފައިވާ ޕާޓީތަކުގެ އެކުވެރިކަމާއިއެކު- ސަމީރު

2018 ވަނަ އަހަރު ކާމިޔާބީއާއި ހަމައަށް ވާސިލުވާނީ ގުޅިފައިވާ ޕާޓީތަކުގެ އެކުވެރިކަމާއިއެކު- ސަމީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި، ވާދަކޮށް ކާމިޔާބީއާއި ހަމައަށް ވާސިލުވާނީ ގުޅިފައިވާ ޕާޓީތަކުގެ އެކުވެރިކަމާއި އެކުގައި ކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރުފަހުން ފެށިގެން ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށްދާ، ޖުމްހޫރި ޕާޓީ (ޖޭޕީ) ގެ ތިންވަނަ ކޮންފެރެންސް ގައި ވާހަކަފުޅު ދައްކަވަމުން ސަމީރު ވިދާޅުވީ ރައްޔިތުން އެދޭފަދަ ހައްލެއް ހޯދައި ދިނުމަށް ޖޭޕީއާއި ގުޅިފައިވާ ޕާޓީތައް އެކުވެގެން މަސައްކަތް ކުރާނެ ކަމަށާއި އެކަން އެގޮތަށް ނުދާނަމަވެސް އެންމެ ފަހު ވަގުތައި ޖެހެން ދެން ވެސް އެކުގައި ތިބޭނަން ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ފަހު ވަގުތާއި ޖެހެން ދެން ވެސް އެކުގައި ތިބޭނަން، އަނެއް ފޯމިއުލާ އަޅުގަނޑުމެން ތެރޭގައި އެޕްލައީ ކުރަން ޖެހޭ ހިސާބަށް ދިޔައިމަ އެފޯމިއުލާ އަޅުގަނޑުމެން ތެރެއިން ނިކުންނާނެ" ސަމީރު ވިދާޅުވިއެވެ.

މީގެއިތުރުން ސަމީރު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ކަންކަން ކުރިއަށް ގެންދިޔުމުގައި ޖޭޕީއާއި ގުޅިފައިވާ ޕާޓީތަކަށް ހިތްވަރާއި އަޒުމާއި ދެގޮތެއް ނުވާ މަސައްކަތުގައި ދެމިތިބެން ޖެހޭ ކަމަށެވެ.
މިއަދުގެ ކޮންގްރެސްގައި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންގެ އިތުރުން ގުޅިފައިވާ ޕާޓީތަކުގެ ތެރެއިން ޕީޕީއެމް, އަދާލަތު ޕާޓީ އަދި އެމްޑީޕީ ގެ ބައެއް އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ