އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕީޕީއެމް ގެ ކޮންގްރެސް ބަލައި ނުގަތުމަށް އީސީ އިން ނިންމައިފި

ޕީޕީއެމް ގެ ކޮންގްރެސް ބަލައި ނުގަތުމަށް އީސީ އިން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

ޕްރޮގްރެސް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކޮންގްރެސް ބާއްވާފައިވަނީ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމަށް ވާތީ، އެކޮންގްރެސް ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އެކޮމިޝަނުން މީގެ އިރުކޮޅެއް ކުރިން އިއުލާނެއް ބުނެފައިވަނީ "ޕީޕީއެމް އިން 28 ސެޕްޓެމްބަރ 2018 ގައި ޚާއްސަ ގޮތުން ބޭއްވުނު އެޕާޓީގެ ޤައުމީ ޖަލްސާ ބާއްވާފައިވަނީ އިޖުރާތްތައް ފުރިހަމަ ނުކޮށް ކަމަށްވާތީ، އީސީ އިން އެޖަލްސާގެ ނިންމެވުންތައް އެންޑޯސް ކުރެވެން ނެތް ކަމަށް ނިންމައިފި" ކަމަށެވެ.

ޕީޕީއެމްގެ ކޮންގްރެސް ނިންމުންތައް ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމާފައި މިވަނީ، އެނިންމުންތައް ބަލައި ނުގަތުމަށް އެޕާޓީގެ ބާނީ އަދި ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލްޤައްޔޫމް، އެކޮމިޝަންގައި އެދިވަޑައިގެންފައި ވަނިކޮށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ