އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީހަކު ކައުބަތުﷲ ގެފުޅުގައި ރޯކޮށްލަން އުޅުން

މީހަކު ކައުބަތުﷲ ގެފުޅުގައި ރޯކޮށްލަން އުޅުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ރޯކޮށްލަން އުޅުންމިއަހަރުގެ ރަމަޟާން މަހު ކައުބަތުﷲ ގެފުޅު ސަރަޙައްދުގައި ވަރަށް ހިތާމަވެރު ހާދިސާތަކެއް ހިނގިއެވެ.

އެގޮތުން ފްރާންސްގެ ރައްޔިތެއް ގެފުޅު ސަރަހައްދުގައި އަމިއްލައަށް މަރުވެފައިވާއިރު އޭގެ ހަފްތާއެއް ފަހުން ބަންގްލަދޭޝް ގެ ރައްޔިތެއް ވެސް އަމިއްލައަށް މަރުވެފައިވެއެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ހިނގި އަނެއް ހާދިސާއަކީ، މާތް ވެގެންވާ ކައުބަތުﷲ ގެފުޅުގައި މީހަކު އަލިފާން ރޯކޮށްލަން މަސައްކަތް ކުރުމެވެ.

ސައުދީން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމީހާއަކީ ޑެންމާކް ހިސާބުގަނޑަށް ނިސްބަތްވާ މީހެކެވެ. އޭނާ އެންމެ ފުރަތަމަ ތަފާތު އެހެން ބަހުރުވާއަކުން ވާހަކަ ދެއްކިކަމަށް ވެސް ރިޕޯޓު ތަކުން ބުނެއެވެ.

ކައުބަތުﷲ ގެފުޅުގައި ރޯކޮށްލަން އެމީހާ މަސައްކަތް ކުރި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވެއެވެ. ވީޑިއޯއިން ފެންނަ ގޮތުގައި، އެމީހާ ގެފުޅާއި ވަރަށް ޕެޓްރޯލް ފުޅިއެއް ހިފައިގެން ގޮސް، ގެފުޅަށް ޕެޓްރޯލް އުކައެވެ. ނަމަވެސް އޭނާއަށް އަލިފާން ރޯކުރެވުމުގެ ކުރިން އެތަނަށް އެއްވި ތިބި މީހުން އެމީހާ ހުއްޓުވާ، ކަމާއިބެހޭ ފަރާތްތަކުން އެތަނަށް ގޮސް އެމީހާ ހައްޔަރު ކޮށްގެން ގެންދެއެވެ.

މިހާދިސާއާއި ދެ މީހުން އަމިއްލައަށް މަރުވި ހާދިސާއަށް ފަހު، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ