މުޅި ދުނިޔެއަށް މަޝްހޫރު އަދި އެހާމެ ރަހަމީރު "ލަޔަން ޑޭޓްސް" ކަދުރު، ނަވާހި ޓްރޭޑަރސް އިން

މުޅި ދުނިޔެއަށް މަޝްހޫރު އަދި އެހާމެ ރަހަމީރު "ލަޔަން ޑޭޓްސް" ކަދުރު، ނަވާހި ޓްރޭޑަރސް އިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

ކަދުރަކީ އަޅުގަނޑުމެން މުސްލިމުންގެ މެދުގައިވެސް ވަރަށް މަޤްބޫލު، އަދި އެހާމެ މާތް ފޮނިކާއެއްވެކެވެ.

މުސްލިމުންގެ މެދުގައި ކަދުރު އެންމެ ގިނައިން ކައި އުޅެނީ ރަމަޟާން މަހުގައި ކަމަށްވީ ނަމަވެސް، ހަގީގަތުގައި ކަދުރަކީ މުސްލިމުންގެ ލޭނާރާއި ނުހަނު ގުޅި ލާމެހިފައިވާ މީރު އެއްޗެކެވެ.

ކަދުރަކީ އަޅުގަނޑުމެން މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) ވެސް ނުހަނު ގިނައިން ފަރިއްކުޅުވި އެއްޗެކެވެ. އެގޮތުން ތަފާތު އެކިއެކި ޚަފްލާތަކުގައި ވެސް އަދި ތުއްތު ކުއްޖަކު އުފަންވުމުން ވެސް، އެކަލޭގެފާނު އެންމެ ފުރަތަމަ އެކުއްޖެއްގެ އަނގައިގައި ކަދުރުގެ ރަހަ ލައްވައެވެ.ކަދުރާއި ބެހޭ ގޮތުން ވާހަކަ ދައްކާލާއިރު، މުޅި ދުނިޔެއަށް މަޝްހޫރު އަދި އެހާމެ ރަހަ މީރު ކަދުރަކީ "ލަޔަން ޑޭޓްސް" ބްރޭންޑުގެ ކަދުރެވެ.

އިންޑިއާގެ އުފެއްދުމެއް ކަމަށްވާ ލަޔަން ޑޭޓްސް ބްރޭންޑްގެ ކަދުރު އެންމެ ފުރަތަމަ އުފައްދާފައިވަނީ 1978 ވަނަ އަހަރުއެވެ. އެއަށްފަހު މިހާރު 40 އަހަރުވެފައިވީ ނަމަވެސް، މިކަދުރަކީ ގިނަބައެއްގެ މެދުގައި ނުހަނު މަޤްބޫލު ބްރޭންޑެއްކަން ފާހަގަ ކުރެވެއެވެ.ލަޔަން ޑޭޓްސް އުފައްދާ ކުންފުންޏެއް ކަމަށްވާ "ލަޔަން ޑޭޓްސް އިމްޕްލެކްސް ޕވޓ.ލޓޑ" އަކީ އިންޑިއާ ގައި ހުރި އެންމެ ޒަމާންވީ ކަދުރު އުފައްދާ ކުންފުންޏެވެ. މީގެއިތުރުން އެކުންފުނިން އުފައްދާ ކަދުރުގައި އެއްވެސް އޮށެއް ނުހުންނަކަމީ، ލަޔަން ޑޭޓްސް އަށް މީހުން ދީފައިވާ މަޤުބޫލުކަން އިންތިހާއަށް އިތުރުވެފައިވާ ކަމެކެވެ.

ރާއްޖޭގައި މިރަހަމީރު ލަޔަން ޑޭޓްސް ބްރޭންޑް ގެ ކަދުރު ޑިސްޓްރިބިއުޓްކޮށް މާކެޓް ކުރަނީ ނަވާހި ޓްރޭޑަރސް، އަސަރީ ގޯޅި (މާފަންނު) އިންނެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ