އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސައުދީން ރާއްޖެއަށް ހަދިޔާ ކުރި ކަދުރު ބަހަން ފަށައިފި

ސައުދީން ރާއްޖެއަށް ހަދިޔާ ކުރި ކަދުރު ބަހަން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ސައުދީ އަރަބިޔާއިން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރުން، ކޮންމެ ގޭބިސީއަކަށް ކަދުރު ޕެކެޓެއްގެ މަގުން ބަހަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިކަމާ ގުޅޭގޮތުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށް ވީހިނދު، ރާއްޖޭގެ ރައްޔިތުންނަށް ބެއްސެވުމަށް ސައުދީ ސަރުކާރުން ދެއްވާ ކަދުރު އިއްޔެ އެމިނިސްޓްރީއާއި ހަވާލު ކޮށްފައިވުމުން މިއަދުން ފެށިގެން ލިބިފައިވާ ކަދުރު ހުސްވަންދެން ބަހަން ފަށާފައިވާ ކަމަށެވެ.

މީގެއިތުރުން އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ މާލެ ސިޓީއާއި އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި އަތޮޅުތެރޭގެ ރަށްރަށަށް ކަދުރު ބަހާނީ ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓު ކަދުރުގެ އުސޫލުން ކަމަށެވެ.

ގޭބިސީތަކަށް ކަދުރު ބަހާނީ އެގޭބިސީއެއްގެ ސައްޙަކަން އަންގައިދޭ ލިޔުމެއް ގެންނެވުމުން ކަމަށާއި އެލިޔުމުގެ ސައްޙަކަމަށް ބެލުމަށްފަހު ސައްޙަ ލިޔުމަކަށް އެއް ޕެކެޓު ކަދުރު ކަމަށް ވެސް އިއުލާނުގައި ވެއެވެ.

މާލެއާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 18:00 އަށް ކަމަށާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދެވެރިކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ. އަދި އަތޮޅުތެރޭގެ ރަށްރަށަށް ކަދުރު ބަހާނީ އަތޮޅު ކައުންސިލް ތަކުންނާއި ރަށު ކައުންސިލްތައް މެދުވެރިކޮށް ކަމަށް ވެސް އިއުލާނުގައި ބަޔާން ކޮށްފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ